އަހަރީ ޢާންމު ޖަލްސާގެ ދަޢުވަތު


އެސްޓީއޯގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2018 މެއި 30 ވަނަ ދުވަހުގެ 22:00 ގައި

ދަރުބާރުގެ، ދޮށިމޭނާ މާލަން، މާލެ، ދިވެހިރާއްޖެ

ޗެއަރމަންގެ މެސެޖު

އެސްޓީއޯގެ ޙިއްޞާދާރުންނަށް،

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

އެސްޓީއޯގެ 2017 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ވަނީ 2018 މެއި 30 ވާ ބުދަ ދުވަހުގެ 22:00 ގައި ދަރުބާރުގޭ، ދޮށިމޭނާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައެވެ.

މިޖަލްސާގައި ކުންފުނީގެ ވީހާވެސް ގިނަ ޙިއްޞާދާރުން ބައިވެރިވުމަކީ މުހިއްމު ކަމެކެވެ. ކޮންމެ ޙިއްޞާދާރަކަށްވެސް މިޖަލްސާގައި ބައިވެރިވެ، ޙިއްޞާދާރެއްގެ ހައިސިއްޔަތުން ދެއްވާ ވޯޓުން، ކުންފުނީގެ ގިނަ މުހިއްމު ކަންތައްތަކެއް ފާސްކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އަޅުގަނޑުގެ އުންމީދަކީ ޖަލްސާއަށް ހާޟިރުވެވަޑައިގެން ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ނަމަވެސް، މިޖަލްސާގައި ވީހާވެސް ގިނަ ޙިއްޞާދާރުން ބައިވެރިވެވަޑައިގެންނެވުމެވެ.

މިވެބް ޕޭޖުން ޖަސްލާއަށް ރެޖިސްޓަރކުރާނެގޮތް، ޖަލްސާގެ އެޖެންޑާ، ޖަލްސާގައި ވޯޓު ދެއްވާނެގޮތް އަދި ފާސްކުރަން ހުށަހަޅާ ކަންކަމުގެ ތަފްޞީލް ލިބިވަޑައިގަންނަވާނެއެވެ.

ކުންފުނިން ޢާންމުކުރާ ލިޔުންތައް ކިޔުއްވުމަށާއި، ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ރެޖިސްޓަރކުރެއްވުމަށާއި ޖަލްސާ ހާޟިރީ މާކުކުރުމަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ.


އިޚްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.

ޚާތިމުކުމް

ޙުސެއިން ސާލިމް މުޙައްމަދު

ޗެއަރމަން

ފާސްކުރަން ހުށަހަޅާ އެޖެންޑާ އައިޓަމްތައް

އެޖެންޑާ އައިޓަމް 4.1 – 2017 މެއި 30 ގައި ބޭއްވި މިކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

2017 މެއި 30 ވަނަ ދުވަހު ބޭއްވި މިކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާއަށް އިސްލާޙު ހުށަހެޅުމުގެ ފުރުޞަތު، 2018 އޭޕްރީލް 22 ވީ އާދިއްތަ ދުވަހު ވާނީ ހުޅުވާލެވިފައެވެ. އިސްލާޙު ހުށަހެޅުމުގެ ފުރުޞަތު 2018 މެއި 22 ވާ އަންގާރަ ދުވަހުގެ 16:00 ގެ ނިޔަލަށް ހަމަވާނެއެވެ.

ޔައުމިއްޔާއަށް އިސްލާޙެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، cs@stomaldives.net އަށް އީމެއިލްކުރެއްވުން އެދެމެވެ.

އެޖެންޑާ އައިޓަމް 4.2 - 2017 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް ފާސްކުރުން.

2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ކުންފުނީގެ ވެބްސައިޓްގައި ޝާއިޢުކުރެވިފައިވަނީ 2018 އޭޕްރީލް 30 ވަނަ ދުވަހުއެވެ.

އެޖެންޑާ އައިޓަމް 4.3 - 2017 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ހިސާބުތައް ފާސްކުރުން.

ކުންފުނީގެ އޮޑިޓްކޮށްފައިވާ 2017 ވަނަ އަހަރުގެ ހިސާބުތައް ވެބްސައިޓްގައި ޝާއިޢުކުރެވިފައިވަނީ 2018 އޭޕްރީލް 30 ވަނަ ދުވަހުއެވެ. ހިސާބުތަކުގެ ތެރޭގައި އިންޑިޕެންޑަންޓް އޮޑިޓަރުންގެ ރިޕޯޓްވެސް ހިމެނިފައިވާނެއެވެ. މިރިޕޯޓްގައި އޮޑިޓަރުންވަނީ 2018 އޭޕްރީލް 22 ވަނަ ދުވަހު ސޮއިކުރައްވާފައެވެ.

އެޖެންޑާ އައިޓަމް 4.4 - 2017ކުންފުނީގެ ފައިދާއިން 2017 ވަނަ އަހަރު ޙިއްޟާދާރުންނަށް ހުށަހަޅާ ޢަދަދު ފާސްކުރުން.

އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެ ވޯޓް ދެވޭނީ 2018 އޭޕްރީލް 30 ވަނަ ދުވަހާއި ހަމައަށް ކުންފުނީގެ ޙިއްޞާދާރުންގެ ރެޖިސްޓަރީގައި ހިމެނޭ ފަރާތްތަކަށެވެ. މިކަންވާނީ 2018 އޭޕްރީލް 19 ވަނަ ދުވަހު އިޢުލާންކޮށްފައެވެ.

އަދި 2018 އޭޕްރީލް 24 ވަނަ ދުވަހު ކުރި އިޢުލާންގައި، ކުރިޔަށް އޮތް އަަހަރީ ޢާންމު ޖަލްސާގައި ކުންފުނިން ބަހަން ހުށަހަޅާ ޑިވިޑަންޑުގެ ގޮތުގައި ބޯޑުން ނިންމަވާފައިވާ ޢަދަދަކީ ޙިއްޞާއަކަށް 55.00ރ. ކަމަށް ވާނީ އިޢުލާންކުރެވިފައެވެ.

މިފުރުޞަތުގައި، ޙިއްޞާދާރުންގެ ބޭންކް އެކައުންޓްތައް ކުންފުނީގައި ރެޖިސްޓަރކުރުމަށް އިލްތިމާސްކުރަމެވެ.

އެޖެންޑާ އައިޓަމް 4.5 - 2018 ވަނަ އަހަރު ކުންފުނި އޮޑިޓްކުރުމަށް ކަނޑައަޅާ ފަރާތެއް ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން.

2018 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ރާއްޖޭގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ އޮޑިޓް ފާރމްތަކުން އަގު ހޯދިފައިވެއެވެ. މިފަރާތްތަކުން ހުށަހަޅުއްވާފައިވާ އަގުތަކަކީ؛

ފާއިތުވި އަހަރު ކުންފުންޏާއެކު މަސައްކަތެއް ކުރައްވާފައިވާނަމަ އެކަން ހުށަހެޅުއްވި އަގު (ޔޫއެސް ޑޮލަރުން) އޮޑިޓް ފާރމް
ފާއިތުވި 4 އަހަރުގެ އެކްސްޓަރނަލް އޮޑިޓަރުން 48,230.00 ކޭޕީއެމްޖީ
އެހެނިހެން ޕްރޮފެޝަނަލް ޙިދުމަތްތައް ފޯރުކޮށްދީފައިވޭ 50,350.00 ޕްރައިސްވޯޓަރހައުސްކޫޕަރސް
އެހެނިހެން ޕްރޮފެޝަނަލް ޙިދުމަތްތައް ފޯރުކޮށްދީފައިވޭ 52,470.00 އަރނެސްޓް އެންޑް ޔަންގު

މިފަރާތްތަކުގެ ތެެރެއިން 2018 ވަނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާ ފަރާތަކީ ކޭޕީއެމްޖީއެވެ.

އެޖެންޑާ އައިޓަމް 4.6 – ކުންފުނީގެ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާ އިސްލާޙްތައް ފާސްކުރުން.

ކުންފުނީގެ ހިންގާ ޤަވާޢިދަށް ބައެއް އިސްލާޙްތައް ގެނައުމަށް ހުށަހަޅުއްވާ އެސްޓީއޯއިންވަނީ 2018 ފެބްރުއަރީ 18 ވަނަ ދުވަހު އިޢުލާންކޮށްފައެވެ. އަދި ކުންފުނިން ގެންނަން ހުށަހަޅާ އިސްލާޙްތަކަށް 2018 މާރިޗް 04 ގެ ނިޔަލަށް ކޮމެންޓް ކުރުމަށް ވަނީ ހުޅުވާލެވިފައެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި ލިބުނު ކޮމެންޓްތައް ހިމެނޭގޮތަށް، ކުންފުނިން ގެންނަ ހުށަހަޅާ އިސްލާޙްތައް، ޙިއްޞާދާރުންނާއެކު މަޝްވަރާކުރުމަށް 2018 މާރިޗް 31 ގައި ބައްދަލުވުމެއްވެސް ވަނީ ބޭއްވިފައެވެ. އެގޮތުން ލިބުނު ކޮމެންޓްތަކަށް ރިޢާޔަތްކޮށް، ބޯޑުން ހުށަހަޅުއްވާ ބަދަލުތައް ވަނީ 2018 މެއި 08 ވަނަ ދުވަހު އިޢުލާން ކުރެވިފައެވެ. އަހަރީ ޢާންމު ޖަލްސާގައި ވޯޓަށް އެހޭނީ މިއިޢުލާނާއެކު ޢާންމު ކުރެވިފައިވާ ޑޮކިއުމަންޓުގައި ވާގޮތަށެވެ.

އެޖެންޑާ އައިޓަމް 5 - ކުރިޔަށް އޮތް ދައުރަށް ޑިރެކްޓަރުން ޢައްޔަންކުރުން

ސަރުކާރު ތަމްސީލު ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޢައްޔަންކުރައްވާފައިވާ ފަރާތްތަކުގެ ވަނަވަރު މި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރކަމަށް 3 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. އެފަރާތްތަކަކީ އަލްފާޟިލް އަޙްމަދު އަބޫބަކުރު (ދަފްތަރު ނަންބަރު 95-698)، އަލްފާޟިލާ ޢާއިޝަތު ފަޒީނާ (ބިލަތްމާގެ، ގދ.ގައްދޫ) އަދި އަލްފާޟިލް ޙުސެއިން ޒުހުރީ (ޕާކީޒާ، ށ. ކޮމަންޑޫ). (ނަން ތަރުތީބް ކުރެވިފައިވަނީ އަކުރު ތަރުތީބުން)

މިފަރާތްތަކުގެ ތެރެއިން އަލްފާޟިލް އަޙްމަދު އަބޫބަކުރު ވަނީ އޭނާގެ އެޕްލިކޭޝަން އަނބުރާ ގެންދަވާކަމަށް 2018 އޭޕްރީލް 03 ވަނަ ދުވަހު އަންގަވާފައެވެ. އަދި ދެން ތިއްބެވި 2 ބޭފުޅުންނާއި އިންޓަވިއު ކުރުމަށްފަހު، ކުރިޔަށް އޮތް އަހަރީ ޢާންމު ޖަލްސާގައި އިންިޙާބްކުރުމަށް ޑިރެކްޓަރުން ބޯޑުން ހުށަހަޅުއްވާ ނަމަކީ އަލްފާޟިލާ ޢާއިޝަތު ފަޒީނާ (ބިލަތްމާގެ، ގދ.ގައްދޫ) ގެ ނަމެވެ.

ވަނަވަރު







އަލްފާޟިލް ހުސެއިން ސާލިމް މުޙައްމަދު - ޗެއަރމަން

އަލްފާޟިލް ހުސެއިން ސާލިމް މުޙައްމަދު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ޑިރެކްޓަރުންގެ ބޯޑަށް، ސަރުކާރުގެ ފަރާތުން ޢައްޔަން ކުރައްވާފައިވަނީ 06 ޑިސެމްބަރ 2016 ވަނަ ދުވަހުއެވެ.

ސާލިމް ވަނީ 2015 އިން 2016 އަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ ޗެއަރމަންކަން ކުރައްވާ 1994 އިން 1996 އަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައިވެސް ވަޒީފާ އަދާކުރައްވާފައެވެ. މީގެ އިތުރުން ޓުއަރިޒަމް އެންޑް ކޮންސްޓްރަކްޝަން ވިޔަފާރީގައި 20 އަހަރުގެ ތަޖުރިބާ ހާސިލްކުރައްވާފައިވެއެވެ.

1996 ވަނަ އަހަރު ސަން ސިޔާމް ގްރޫޕްއާއި ގުޅިވަޑައިގެން އެކުންފުނީގެ އެކިއެކި މަޤާމްތައް ފުރުއްވާފައިވެއެވެ. އެގޮތުން، ސަން ޑައިވިންގެ ބޭސް ލީޑަރކަން، ވިލު ރީފް ބީޗް އެނޑް ސްޕާގެ އޮޕަރޭޝަންސް މެނޭޖަރކަމާއި، އޮޅުވެލި ބީޗް އެނޑް ސްޕާ ރީ-ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރކަމާއި، އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރކަން އަދި ސަން ކޮންސްޓްރަކްޝަންސްގެ ދަށުން ކުރިއަށް ގެންދެވުނު ހއ.މަނަފަރު އަދި ނ.އިރުފުށި ރީ-ޑިވަލޮޕްމަންޓް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް ޑިރެކްޓަރކަން ވަނީ ކުރައްވާފައެވެ.

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ގެ ޑިރެކްޓަރގެ މަޤާމުގައި ހުންނަވާ، ސާލިމް ގެންދަވަނީ ސަން ސިޔާމް ގްރޫޕްގެ ހުރިހާ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކާއި ރީ-ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގަވަމުންނެވެ.

ސާލިމް މިހާރު ގެންދަވަނީ އިނގިރޭސިވިލާތުގެ އެންގުލިއާ ރަސްކިން ޔުނިވަރސިޓީއިން މާސްޓަރސް އިން ބިޒްނަސް ހައްދަވަމުންނެވެ.


އަލްފާޟިލް އަޙްމަދު ޝަހީރު - މެނޭޖިންގ ޑިރެކްޓަރ

އަލްފާޟިލް އަޙްމަދު ޝަހީރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ޑިރެކްޓަރުންގެ ބޯޑަށް، ސަރުކާރުގެ ފަރާތުން ޢައްޔަން ކުރައްވާފައިވަނީ 25 ޑިސެމްބަރ 2013 ވަނަ ދުވަހުއެވެ. އަދި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ 09 މާރިޗް 2015 ގައެވެ.

ޝަހީރު އެންމެ ފުރަތަމަ އެސްޓީއޯއާއި ގުޅިވަޑައިގެން، ކުންފުނީގެ އެސެޓް ޑިޕާޓްމަންޓްގެ މެނޭޖަރެއްގެ މަޤާމުގައި ހުންނެވުމަށްފަހު ފާއިތުވި 20 އަހަރުގެ ތެރޭގައި ވަނީ ކުންފުނީގެ އެކިއެކި މަޤާމްތައް ފުރުއްވާފައެވެ. ޝަހީރަކީ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތައް ކަމަށްވާ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ޕވޓ ލޓޑ، މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ޕވޓ ލޓޑ އަދި އެސްޓީއޯ މޯލްޑިވްސް ސިންގަޕޯރ ޕވޓ ލޓޑ ގެ ޗެއަރމަން ވެސްމެއެވެ.

ޝަހީރު ވަނީ ޔުނިވަރސިޓީ އޮފް އެޑްލައިޑްއިން މާސްޓަރސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (އިންޓަރނޭޝަނަލް ޓްރޭޑް) އަދި ޔުނިވަރސިޓީ އޮފް ޗަރލްސް ސްޓުއަރޓް އިން ބެޗެލަރސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (މާކެޓިންގ އެންޑް މެނޭޖްމަންޓް) ހާޞިލްކުރައްވާފައެވެ.


އަލްފާޟިލް މުޙައްމަދު މިހާދު - އެގްޒެކެޓިވް ޑިރެކްޓަރ / ޗީފް ފައިނޭންޝަލް އޮފިސަރ

އަލްފާޟިލް މުޙައްމަދު މިހާދު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ޑިރެކްޓަރުންގެ ބޯޑަށް، ސަރުކާރުގެ ފަރާތުން ޢައްޔަން ކުރައްވާފައިވަނީ 28 މާރިޗް 2016 ވަނަ ދުވަހުއެވެ.

މިހާދު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އާއި ގުޅިވަޑައިގެންނެވީ 2009 ވަނަ އަހަރު އެކައުންޓަންޓެއްގެ މަޤާމަށެވެ. އެއަށްފަހު، ފައިނޭންސް އަދި އޮޑިޓްގެ ތަޖުރިބާ އާއި ތަޢުލީމް އިތުރަށް ހާޞިލްކުރައްވާ ކުންފުނީގެ އެކިއެކި މަޤާމްތައް ފުރުއްވުމަށްފަހު މިހާރު ހުންނެވީ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރގެ މަޤާމްގައެވެ.

މިހާދު ވަނީ ކުންފުނީގައި އީއާރުޕީ އިންމްޕްލިމެންޓޭޝަން ޕްރޮޖެކްޓް ޤާއިމްކުރުމުގައި އެސްއޭޕީ އީއާރުޕީ ފައިނޭންސް މޮޑިއުލްގެ ކޯ-ޓީމް ލީޑަރެއްގެ ހައިޞިއްޔަތުން މަސައްކަތްކުރައްވާ، ކުންފުނީގެ ސީނިއަރ އޮޑިޓަރގެ މަޤާމްގައި 4 އަހަރު މަސައްކަތް ކުރައްވާފައެވެ.

މިހާދަކީ ޗަރޓަރޑު އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްގެ މެމްބަރެކެވެ. އަދި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައިޒް މޯލްޑިވްސް ޕވޓ ލޓޑ ގެ ޗެއަރމަން އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގެ ޕވޓ ލޓޑ ގެ ބޯޑު ޑިރެކްޓަރއެއް ވެސްމެއެވެ.


އަލްފާޟިލް ޢާމިރު މަންޞޫރު - ނޮން-އެގްޒެކެޓިވް ޑިރެކްޓަރ

އަލްފާޟިލް ޢާމިރު މަންޞޫރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ޑިރެކްޓަރުންގެ ބޯޑަށް، ސަރުކާރުގެ ފަރާތުން ޢައްޔަން ކުރައްވާފައިވަނީ 07 މެއި 2012 ވަނަ ދުވަހުއެވެ.

ޢާމިރަކީ ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ތަޢުލީމާއި ތަޖުރިބާގެ ރޮނގުން ކުރިއަރާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ އެކިއެކި ކުންފުނިތައް އުފެއްދުމާއި ކުންފުނިތައް ކުރިއެރުވުމަށް ޢާމިރު، ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

ޢާމިރަކީ ކާޕޭޑިއަމް މޯލްޑިވްސް ޕވޓ ލޓޑ ގެެ ޗެއަރމަން، ލިލީ އިންޓަރނޭޝަނަލް ޕވޓ ލޓޑގެ މެނޭޖިންގ ޑިރެކްޓަރ އަދި ގްރޭޕް އެކްސްޕެކްޓޭޝަން ޕވޓ ލޓޑ ގެ މެނޭޖިންގ ޑިރެކްޓަރއެވެ.

އާމިރަކީ ފާއިތުވި 25 އަހަރު ވިޔަފާރީގެ ދާއިރާއިން އެކިއެކި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. ޢާމިރު ވަނީ ސިންގަޕޯ މެނޭޖްމަންޓް ޔުނިވަރސިޓީއިން އެގްޒެކެޓިވް ޑިޕްލޮމާ އިން ޑިރެކްޓަރޝިޕް ހާސިލްކުރައްވާފައެވެ. އަދި މެލޭޝިޔާގެ އެންޓަރޕްރައިޒް ރިސްކް ޕްރެކްޓިޝަނަރޒްގެ ކުއަލިފައިޑް ރިސްކް ޑިރެކްޓަރ ޕްރޮގްރާމްގެ ހުރިހާ މޮޑިއުލްއެއް ނިންމަވާފައެވެ. އަލްފާޟިލް ޢާމިރު މަންޞޫރު ވަނީ ފިލިޕީންސްގެ ޓަރލެކް ސްޓޭޓް ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސްވެސް ހާސިލްކުރައްވާފައެވެ.


ޑޮކްޓަރ ޢާއިޝަތު ރަފިއްޔާ - ނޮން-އެގްޒެކެޓިވް ޑިރެކްޓަރ

ޑރ. ޢާއިޝަތު ރަފިއްޔާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ޑިރެކްޓަރުންގެ ބޯޑަށް، ސަރުކާރުގެ ފަރާތުން ޢައްޔަން ކުރައްވާފައިވަނީ 21 އޮގަސްޓް 2014 ވަނަ ދުވަހުއެވެ.

ޑރ. ރަފިއްޔާ އޭނާގެ ކެރިއަރ ޕެއްޓެވީ ޒުވާން ބޭންކަރއެއްގެ ގޮތުގައެވެ. އަދި އެއަށްފަހު އުޅުއްވާފައިވަނީ ޑިޕްލޮމެޓެއްގެ ގޮތުގައެވެ. ޑރ. ރަފިއްޔާއަކީ ފާއިތުވި 27 އަހަރު ރާއްޖޭގެ ވިޔަފާރި ކުރާ މަލްޓިނެޝަނަލް ކުންފުނި އަދި ކުރިއަރަމުންދާ ހޮސްޕިޓަލިޓީ ގްރޫޕެއް ކަމުގައިވާ ސަން ސިޔާމް ގްރޫޕް އޮފް ކޮމްޕެނީޒްގެ ޗެއަރމަންސް ބިއުރޯގެ ޑިރެކްޓަރެވެ. ޑރ. ރަފިއްޔާ އަކީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީއެއްކަމަށްވާ މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ޑެޕިއުޓީ އަދި ފައުންޑިންގ މެމްބަރެކެވެ. އަދި ހަމަމިއާއެކު މާލެ ސިޓީ ކައުންސިލްގެ ވިމަންސް ޑިވަލޮޕްމަންޓް ކޮމިޓީގެ މެމްބަރެއްވެސްމެއެވެ.

ޑރ. ރަފިއްޔާވަނީ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަންއިން ޑޮކްޓަރޭޓް އިން ޕޮލިޓިކްސް އެންޑް އިންޓަރނެޝަނަލް ރިލޭޝަންސް، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (މޭޖަރ އިން އެޗްއާރްއެމް)، ބީއެސްއީ (އޮނަރސް) އިން ބިޒްނަސް އިންފޯމޭޝަން ސިސްޓަމްސް، އެންސީސީ ޔޫކޭއިން ގްރެޖުއޭޓް ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް އަދި އިންޓަރނޭޝަނަލް ޑިޕްލޮމާ އިން ކޮމްޕިއުޓަރ ސައިންސް ހާސިލްކުރައްވާފައެެވެ. މީގެ އިތުރުން އޭނާ ވަނީ އިނގިރޭސިވިލާތުގެ އިންސްޓިޓިއުޓް އޮފް ޑިރެކްޓަރޒް، އިންޑިޔާގެ އިންސްޓިޓިއުޓް އޮފް ޑިރެކްޓަރޒް އަދި އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ގަވަރނަންސް، ޔޫއޭއީގެ ޑިރެކްޓަރ ޑިވަލޮޕްމަންޓް ޕްރޮގްރާމް ފުރިހަމަކުރައްވާފައެވެ. އިތުރަށް ވިދާޅުވުމަށް


އަލްފާޟިލާ މަރިޔަމް ޒާހިޔާ - ނޮން-އެގްޒެކެޓިވް ޑިރެކްޓަރ

އަލްފާޟިލާ މަރިޔަމް ޒާހިޔާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ޑިރެކްޓަރުންގެ ބޯޑަށް، ސަރުކާރުގެ ފަރާތުން ޢައްޔަން ކުރައްވާފައިވަނީ ޖެނުއަރީ 2018 ގައެވެ.

ޒާހިޔާއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޯޕަރޭޓް ޑިވަލޮޕްމަންޓް ސެކްރެޓޭރިއަޓް ޑިވިޝަންގެ ޑިރެކްޓަރއެކެވެ. މިމަޤާމްގައި އޭނާގެ މައިގަނޑު މަސައްކަތްތައް ބެހިގެންވަނީ ފިސްކަލް ޕޮލިސީ، ބަޖެޓް ކޮންޓްރޯލް އަދި ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރަން ހުންނަ ސްޓްރެޓީޖިކް މަސައްކަތްތަކުގެ މައްޗަށެވެ. ޒާހިޔާގެ ކެރިއަރ ރައީސް އޮފީހުން ފެއްޓެވި ނަމަވެސް އޭނާ ވަނީ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ރިސަރޗް އެންޑް މޮނިޓަރިންގ ޑިޕާރޓްމަންޓްގެ އިސް ވެރިޔާގެ މަޤާމްވެސް އަދާކުރައްވާފައެވެ.އަދި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަންކުރެއްވުމުގެ ކުރިން ޒާހިޔާވަނީ މޯލްޑިވްސް އެއާޕޯރޓްސް ކޮމްޕެނީ ލޓޑގެ ބޯޑު ޑިރެކްޓަރކަންވެސް އަދާކުރައްވާފައެވެ.

ޒާހިޔާވަނީ ކޮރެއަން ޑިވަލޮޕްމަންޓް އިންސްޓިޓިއުޓްއިން މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ ވިތު ޓްރިޕަލް މޭޖަރ އިން ޓްރާންސިޝަން އެންޑު ޑިވަލޮޕްމަންޓް ސްޓަޑީޒް، އިންޓަރނެޝަނަލް ރިލޭޝަންސް އަދި ޕޮލިޓިކަލް އިކޮނޮމީ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ޔުނިވަރސިޓީ އޮފް އީސްޓު ލަންޑަން އިން ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންވެސް ހާސިލްކުރައްވާފައެވެ.


އަލްފާޟިލާ ޢާއިޝަތު ފަޒީނާ - ބިލަތްމާގެ، ގދ. ގައްދޫ

ކެނޑިޑޭޓާއިމެދު ފާއިތުވި 10 އަހަރުގެ ތެރޭގައި ޤާނޫނީ ނުވަތަ އަޚްލާޤީ ފިޔަވަޅެއް އެޅިފައިވާނަމަ: ނެތް

ކެނޑިޑޭޓް ނުވަތަ ކެންޑިޑޭޓްގެ އާއިލާ މެންބަރަކު އެސްޓީއޯ ނުވަތަ އެސްޓީއޯ ޙިއްޞާވާ ކުންފުންޏަކާއި އެކު ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ބާވަތެއްގެ މުޢާމަލާތެއް ކޮށްފައިވާނަމަ ނުވަތަ ކުރަމުންދާނަމަ ނުވަތަ މިއިން ކުންފުންޏެއްގައި އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް އަދާކުރަމުންދާނަމަ: ނެތް

އެސްޓީއޯގެ އެއްވެސް ވިޔަފާރިއަކާއި ތަޢާރުޟުވާ އެއްވެސް މުޢާމަލާތެއް، ތަނެއް، ވިޔަފާރިއެއް، ޚިދުމަތެއް ނުވަތަ އެފަދަ އެހެންވެސް މަސައްކަތެއް ކުރާނަމަ: ނެތް

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ - 1 ޙިއްޞާ
  • މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ
  • މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ
  • އުރީދޫ މޯލްޑިވްސް
  • ބޭންކް އޮފް މޯލްޑިވްސް ޕލކ
  • ސެންޗޫރިއަން

  • މެޕްސް ކޮލެޖް - ވިޒިޓިންގ ލެކްޗަރަރ 2016-2015
  • ވިލާ ކޮލެޖް - ވިޒިޓިންގ ލެކްޗަރަރ 2012-2011
  • މިނިސްޓްރީ އޮފް އެޑިއުކޭޝަން - ޕްރޮޖެކްޓް އޮފިސަރ 2011-2009
  • މިނިސްޓްރީ އޮފް އެޑިއުކޭޝަން - އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ 2009-2007
  • މިނިސްޓްރީ އޮފް އެޑިއުކޭޝަން - ޕްރޮޖެކްޓް އޮފިސަރ (ޓްރެއިނީ) 2007-2004

  • އޭސީސީއޭ އެފިލިއޭޓް 2014
  • ބެޗްލަރ އޮފް ސައިންސް އިން އެޕްލައިޑް އެކައުންޓިންގ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީ – 2009
  • ސީ.އޭ.ޓީ އޭސީސީއޭ – 2006

  • މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ - ޕަބްލިކް ޙިއްޞާދާރުން ތަމްޞީލް ކުރައްވާ ބޯޑު ޑިރެކްޓަރ 2017 - 2018
  • މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ - ޕަބްލިކް ޙިއްޞާދާރުން ތަމްޞީލް ކުރައްވާ ބޯޑު ޑިރެކްޓަރ 2017-2018

އަހަރީ ޢާންމު ޖަލްސާއަށް ރަޖިސްޓަރކުރައްވާނެ ގޮތް




ރެޖިސްޓަރކުރައްވަންޖެހޭ ސުންގަޑި: 2018 މެއި 29 ވަނަ ދުވަހުގެ 22:00 ގެ ކުރިން

ޖަލްސާ ބާއްވާ ދުވަސް: 2018 މެއި 30

އިތުރު މަޢުލޫމާތު ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2017 އިން ލިބިވަޑައިގަންނަވާނެ

ޖަލްސާގައި ވޯޓު ދެއްވާނެ ގޮތް





އިތުރު މަޢުލޫމާތު ޙިއްޞާދާރުންގެ މަޢުލޫމާތު ފޮތް 2017 އިން ލިބިވަޑައިގަންނަވާނެ

މުހިއްމު ބައެއް މަޢުލޫމާތު

އިތުރު މައުލޫމާތު ހޯއްދެވުމަށް 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ބައްލަވާލައްލާ


ހިއްސާއަކަށް ބެހުމަށް ހުށަހެޅިފައިވާ ފައިދާ

55

ދިވެހި ރުފިޔާ

ހިންގުމުން ލިބުނު ފައިސާ

287

މިލިޔަން ދިވެހި ރުފިޔާ

ސާފު ފައިދާ

211

މިލިޔަން ދިވެހި ރުފިޔާ

ޖުމްލަ ވިޔަފާރި

7،505

މިލިޔަން ދިވެހި ރުފިޔާ


އަންހެން ޑިރެކްޓަރުންގެ އަދަދު

2/7

މެމްބަރުން

މިނިވަން، މުސްތަޤިއްލު ޑިރެކްޓަރުން

5/7

މެމްބަރުން

ހިއްސާއަކަށް ޖެހުނު ފައިދާ

188

ދިވެހި ރުފިޔާ

ހިއްސާދާރުން

4,036

 


އަތޮޅުގައި

19

 

ކަސްޓަމަރުން

250,000+

ގިނަ

ޖުމްލަ އަންހެން މުވައްޒަފުން

30%

އިންސައްތަ

މުވައްޒަފުން

4,000+

ގްރޫޕް

އަހަރީ ޢާންމު ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

އޮންލައިންކޮށް ރެޖިސްޓަރކުރުން

ހިއްސާދާރެއްގެ ގޮތުން އަހަރީ އާއްމު ޖަލްސާއަށް ހާޒިރުވުމަށް

އައި.ޑީ ކާޑު އަޕްލޯޑު ކުރައްވާ




ޕްރޮކްސީގެ ޒަރީއާއިން އަހަރީ އާއްމު ޖަލްސާއަށް ހާޒިރުވުމަށްޓަކައި ޕްރޮކްސީ ހުށަހެޅުއްވުމަށް


ސުވާލު ހުށަހެޅުއްވުން

އަހަރީ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ ހިސާބުތަކާއިބެހޭ ގޮތުން ސުވާލެއް ނުވަތަ ސާފުކުރައްވަން ބޭނުންފުޅުވާ އެއްވެސް މައުލޫމާތެއް ވާނަމަ، އަޅުގަނޑުމެންނަށް ހުށަހަޅުއްވާ


އީމެއިލް އެޑްރެސް

cs@stomaldives.net

ފޯން ނަމްބަރ

(+960) 3344 383
(+960) 3344 395

އެޑްރެސް

އެސް.ޓީ.އޯ ހެޑް އޮފީސް ބިލްޑިންގ، ކަނބާ އައިސަރަނި ހިނގުން، މާފަންނު، މާލެ 20345، ދިވެހިރާއްޖެ