އަހަރީ ޢާންމު ޖަލްސާގެ ދަޢުވަތު


އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 16 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 22:00 ގައި

ދަރުބާރުގޭ، ރަންނަބަނޑޭރި މާލަމުގައެވެ. މި ޖަލްސާއަށް ކުންފުނީގެ އެންމެހާ ހިއްސާދާރުންނަށް ދައުވަތު އަރުވަމެވެ.

އަހަރީ ރިޕޯޓް އަދި ހިސާބުތައް

ކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި ހިސާބުތައް މިލިންކުން ޑައުންލޯޑް ކުރައްވާ

އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ ހިސާބުތަކާއި ބެހޭގޮތުން ސުވާލެއް ނުވަތަ ސާފުކުރައްވަން ބޭނުންފުޅުވާ އެއްވެސް މައުލޫމާތެއް ވާނަމަ، އަޅުގަނޑުމެންނަށް ހުށަހަޅުއްވާ


އީމެއިލް އެޑްރެސް

cs@stomaldives.net

ފޯން ނަމްބަރ

(+960) 3344 383
(+960) 3344 395

އެޑްރެސް

އެސް.ޓީ.އޯ ހެޑް އޮފީސް ބިލްޑިންގ، ކަނބާ އައިސަރަނި ހިނގުން، މާފަންނު، މާލެ 20345، ދިވެހިރާއްޖެ

ފާސްކުރަން ހުށަހަޅާ އެޖެންޑާ އައިޓަމްތައް

އެޖެންޑާ އައިޓަމް 3.1. 2017 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

30 މޭ 2018 ވީ ބުދަ ދުވަހު ބޭއްވި މިކުންފުނީގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއަށް އިސްލާޙް ހުށަހެޅުމުގެ ފުރުޞަތު، 10 އޭޕްރީލް 2019 ވީ ބުދަ ދުވަހު ވަނީ ހުޅުވާލެވިފައެވެ. މިމުއްދަތު 09 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ޔައުމިއްޔާއަށް އިސްލާޙެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، cs@stomaldives.net އަށް އީމެއިލްކުރެއްވުން އެދެމެވެ.

އެޖެންޑާ އައިޓަމް 3.2. 2018 ވަަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް ފާސްކުރުން.

2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ވަނީ 30 އޭޕްރިލް 2019 ވީ އަންގާރަ ދުވަހު، ކުންފުނީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައެވެ.

އެޖެންޑާ އައިޓަމް 3.3. 2018 ވަނަ އަަހަރުގެ އޮޑިޓްކޮށްފައިވާ ހިސާބުތައް ފާސްކުރުން.

ކުންފުނީގެ އޮޑިޓްކޮށްފައިވާ 2018 ވަނަ އަހަރުގެ ހިސާބުތައް ވެބްސައިޓްގައި ޝާއިޢުކުރެވިފައިވަނީ 30 އޭޕްރިލް 2019 ވީ އަންގާރަ ދުވަހުއެވެ. ހިސާބުތަކާއެކު އިންޑިޕެންޑަންޓް އޮޑިޓަރުންގެ ރިޕޯޓްވެސް ހިމެނިފައިވާނެއެވެ. މިރިޕޯޓްގައި އޮޑިޓަރުންވަނީ 23 އޭޕްރިލް 2018 ވަނަ ދުވަހު ސޮއިކުރައްވާފައެވެ.

އެޖެންޑާ އައިޓަމް 3.4. 2018 ވަނަ އަހަރުގެ ފައިދާއިން ބަހަން ހުށަހަޅާ ޑިވިޑަންޑު ފާސްކުރުން.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ، ވޯޓު ދެވޭނީ 25 އޭޕްރީލް 2019 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަން ވަނީ 10 އޭޕްރީލް 2019 ވީ ބުދަ ދުވަހު އިޢުލާންކޮށްފައެވެ.

އަދި 23 އޭޕްރީލް 2019 ވީ އަންގާރަ ދުވަހު ކުރި އިޢުލާންގައި، ކުރިޔަށް އޮތް އަަހަރީ އާންމު ޖަލްސާގައި ބަހަން ހުށަހަޅާ ޑިވިޑަންޑުގެ ޢަދަދަކީ، ހިއްސާއަކަށް 58ރ. ކަމަށް ވާނީ އިޢުލާންކޮށްފައެވެ.

މިފުރުޞަތުގައި ހިއްސާދާރުންގެ ބޭންކު އެކައުންޓްތައް ކުންފުނީގައި ރަޖިސްޓަރކުރުމަށް އިލްތިމާސްކުރަމެވެ.

ބޭންކަށް ޖަމާކުރުމަށް އެދޭ ފޯމް

އެޖެންޑާ އައިޓަމް 3.5. 2019 ވަނަ އަހަރު ކުންފުނި އޮޑިޓްކުރާނެ ފަރާތެއް ކަނޑައެޅުން

2019 ވަނަ އަހަރު ކުންފުނި އޮޑިޓްކުރުމަށް، ރާއްޖޭގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ އޮޑިޓް ފާރމްތަކުން އަގު ހޯދިފައިވެއެވެ. މިފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކަކީ؛

ފާއިތުވި އަހަރު ކުންފުންޏާއެކު މަސައްކަތެއް ކުރައްވާފައިވާނަމަ އެކަން ހުށަހެޅުއްވި އަގު (ޔޫއެސް ޑޮލަރުން) އޮޑިޓް ފާރމް
ފާއިތުވި 5 އަހަރުގެ އެކްސްޓަރނަލް އޮޑިޓަރުން 49,820.00 ކޭޕީއެމްޖީ
- 56,922.00 ޕްރައިސްވޯޓަރހައުސްކޫޕަރސް
- 57,240.00 އަރނެސްޓް އެންޑް ޔަންގު

މިފަރާތްތަކުގެ ތެރެއިން 2019 ވަނަ އަހަރު ކުންފުނި އޮޑިޓްކުރުމަށް ހޮވުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާ ފަރާތަކީ ކޭޕީއެމްޖީއެވެ.

އެޖެންޑާ އައިޓަމް 4.6 – ކުންފުނީގެ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާ އިސްލާޙްތައް ފާސްކުރުން.

ކުންފުނީގެ ހިންގާ ޤަވާޢިދަށް ބައެއް އިސްލާޙްތައް ގެނައުމަށް ހުށަހަޅުއްވާ އެސްޓީއޯއިންވަނީ 2018 ފެބްރުއަރީ 18 ވަނަ ދުވަހު އިޢުލާންކޮށްފައެވެ. އަދި ކުންފުނިން ގެންނަން ހުށަހަޅާ އިސްލާޙްތަކަށް 2018 މާރިޗް 04 ގެ ނިޔަލަށް ކޮމެންޓް ކުރުމަށް ވަނީ ހުޅުވާލެވިފައެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި ލިބުނު ކޮމެންޓްތައް ހިމެނޭގޮތަށް، ކުންފުނިން ގެންނަ ހުށަހަޅާ އިސްލާޙްތައް، ޙިއްޞާދާރުންނާއެކު މަޝްވަރާކުރުމަށް 2018 މާރިޗް 31 ގައި ބައްދަލުވުމެއްވެސް ވަނީ ބޭއްވިފައެވެ. އެގޮތުން ލިބުނު ކޮމެންޓްތަކަށް ރިޢާޔަތްކޮށް، ބޯޑުން ހުށަހަޅުއްވާ ބަދަލުތައް ވަނީ 2018 މެއި 08 ވަނަ ދުވަހު އިޢުލާން ކުރެވިފައެވެ. އަހަރީ ޢާންމު ޖަލްސާގައި ވޯޓަށް އެހޭނީ މިއިޢުލާނާއެކު ޢާންމު ކުރެވިފައިވާ ޑޮކިއުމަންޓުގައި ވާގޮތަށެވެ.

އެޖެންޑާ އައިޓަމް 4. ކުރިޔަށް އޮތް ދައުރަށް ޑިރެކްޓަރުން ޢައްޔަންކުރުން.

ސަރުކާރު ތަމްސީލު ކުރުމަށް މިވަގުތު ބޯޑުގައި ތިއްބެވި އެއްވެސް ޑިރެކްޓަރަކަށް ބަދަލެއް ގެންނަވާކަމެއް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކުންފުންޏަށް އަންގަވާފައެއް ނުވެއެވެ.

ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރކަމަށް 6 ފަރާތަކުން ކުރިމަތިލެއްވިއެވެ. އެފަރާތްތަކުން ހުށަހެޅުއްވި ޑޮކިއުމަންޓްތަކަށާއި ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން ކުރެއްވި އިންޓަވިއުއަށް ރިޢާޔަތްކޮށް، ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ޑިރެކްޓަރުކަމުގެ މަޤާމަށް، ކުރިޔަށް އޮތް އަހަރީ އާންމު ޖަލްސާގައި އިންތިޙާބުކުރުމަށް، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާ ނަންތަތަކީ، އަލްފާޟިލާ ޢާއިޝަތު ފަޒީނާ (ބިލަތްމާގެ، ގދ.ގައްދޫ)، އަލްފާޟިލާ އާމިނަތު ރުޝްމާ (ހ.މޮސްކޯގެ)، އަލްފާޟިލް މަންޞޫރު ޒުބައިރު (ކޮތަންމާގެ، ސ.ހިތަދޫ) އަދި އަލްފާޟިލް މުޙައްމަދު އިމްތިޝާލް އަޙްމަދު (މއ.މަލުވިލާ) އެވެ

ވަނަވަރު







އަލްފާޟިލް ޙުސެއިން އަމްރޫ މުޙައްމަދު ރަޝާދު - ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ

އަލްފާޟިލް ޙުސެއިން އަމްރޫ މުޙައްމަދު ރަޝާދު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ބޯޑު ޑިރެކްޓަރކަމަށް އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް، ސަރުކާރުން ޢައްޔަންކުރައްވާފައިވަނީ ނޮވެމްބަރ2018 ގައެވެ.

އަމްރޫއަކީ މިވަގުތު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ އަދި ލަފާޖު މޯލްޑިވްސް ސިމެންޓްގެ ޗެއަރމަންވެސްމެއެވެ. އަދި އައްޑޫ އިންޓަރނެޝަނަލް އެއާޕޯރޓްގައި، އެކުންފުނީގައިވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ހިއްސާ ތަމްސީލުކުރައްވާ ފަރާތްވެސްމެއެވެ.

އަމްރޫ ވަނީ ސެޕްޓެމްބަރ 2010 އިން ފެބްރުއަރީ 2012 ގެ ނިޔަލަށް، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރކަން ކުރައްވާފައެވެ. މީގެ އިތުރުން، އޭނާ ވަނީ ރައީސް އޮފީހުގެ އިކޮނޮމިކް ޑިވަލޮޕްމަންޓް ޔުނިޓުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމް އަދި 2018 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޕްރައިވަޓައިޒޭޝަން ކޮމިޓީގެ މެންބަރުކަން ކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ސިޔާސީ މައިދާނުގައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބަށްފަހު، އިންތިޙާބީ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ސަތޭކަ ދުވަހުގެ ކޮމިޓީގެ ޗެއަރމަންކަންވެސް އަދާކުރައްވާފައެވެ. އަދި އޭނާއަކީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ނެޝަނަލް ކައުންސިން އަދި އިކޮނޮމިކް ކޮމިޓީގެ މެމްބަރެއްވެސްމެއެވެ. މިއާއެކު އޭނާއަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އަމްރޫ ވަނީ މެލޭޝިޔާގެ އިންޓަރނެޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ސަންޑަރލޭންޑް ޔުނިވަރސިޓީގެ ބެޗެލަރ އޮފް ސައެންސް އިން ކޮންޕިއުޓަރ ސްޓަޑީޒް ހާސިލުކުރައްވާފައެވެ.


އަލްފާޟިލް މުޙައްމަދު މިހާދު - އެގްޒެކެޓިވް ޑިރެކްޓަރ އަދި ޗީފް ފައިނޭންޝަލް އޮފިސަރ

އަލްފާޟިލް މުޙައްމަދު މިހާދު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ބޯޑަށް، ސަރުކާރުގެ ފަރާތުން ޢައްޔަންކުރައްވާފައިވަނީ މާރިޗް 2016 ގައެވެ.

މިހާދު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓަޑް ކުންފުންޏާއި ގުޅިވަޑައިގެންނެވީ 2009 ވަނަ އަހަރު، އެކައުންޓަންޓެއްގެ މަޤާމަށެވެ. އެއަށްފަހު، ފައިނެންސް އަދި އޮޑިޓްގެ ތަޖުރިބާ އާއި ތަޢުލީމް އިތުރަށް ހާސިލްކުރައްވާ ކުންފުނީގެ އެކިއެކި މަޤާމްތައް ފުރުއްވުމަށްފަހު މިހާރު ހުންނެވީ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރގެ މަޤާމްގައެވެ. މިހާދު ވަނީ ކުންފުނީގައި އީ.އާރ.ޕީ އިންޕްލިމެންޓޭޝަން ޕްރޮޖެކްޓް ޤާއިމްކުރުމުގައި އެސް.އޭ.ޕީ އީ.އާރ.ޕީ ފައިނޭންސް މޮޑިއުލްގެ ކޯ-ޓީމް ލީޑަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވާ، ކުންފުނީގެ ސީނިއަރ އޮޑިޓަރގެ މަޤާމްގައި 4 އަހަރު މަސައްކަތް ކުރައްވާފައެވެ.

މިހާދަކީ ޗާޓާރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްގެ މެމްބަރެކެވެ. އަދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކުންފުނީގެ ބޯޑު ޑިރެކްޓަރެކެވެ.


އަލްފާޟިލް ޢާމިރު މަންޞޫރު - ނޮން-އެގްޒެކެޓިވް، އިންޑިޕެންޑަންޓް ޑިރެކްޓަރ

އަލްފާޟިލް ޢާމިރު މަންޞޫރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ބޯޑަށް، ސަރުކާރުގެ ފަރާތުން ޢައްޔަންކުރައްވާފައިވަނީ މޭ 2012 ގައެވެ.

ޢާމިރަކީ ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ތަޢުލީމާއި ތަޖުރިބާގެ ރޮނގުން ކުރިއަރާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ ގިނަ ކުންފުނިތަކެއް އުފެއްދުމާއި އެކުންފުނިތައް ކުރިއެރުވުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ޢާމިރަކީ ކާޕޭޑިއަމް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑްގެ ޗެއަރމަން، ލިލީ އިންޓަރނެޝަނަލް ޕްރައިވެޓް ލިމިޓަޑްގެ މެނޭޖިންގ ޑިރެކްޓަރ އަދި ގްރޭޕް އެކްސްޕެކްޓޭޝަން ޕްރައިވެޓް ލިމިޓަޑްގެ މެނޭޖިންގ ޑިރެކްޓަރވެސްމެއެވެ.

ޢާމިރަކީ ފާއިތުވި 25 އަހަރު ވިޔަފާރީގެ ދާއިރާއިން ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. ޢާމިރު ވަނީ ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީއިން އެގްޒެކެޓިވް ޑިޕްލޮމާ އިން ޑިރެކްޓަރޝިޕް ހާސިލުކުރައްވާފައެވެ. އަދި މެލޭޝިޔާގެ އެންޓަރޕްރައިޒް ރިސްކު ޕްރެކްޓިޝަނަރޒްގެ ކުއަލިފައިޑް ރިސްކު ޑިރެކްޓަރ ޕްރޮގްރާމްގެ ހުރިހާ މޮޑިއުލްއެއް ފުރިހަމަކުރައްވާފައެވެ. ޢާމިރު މަންޞޫރު ވަނީ ފިލިޕީންސްގެ ޓަރލެކް ސްޓޭޓް ޔުނިވަރސިޓީ އިން މާސްޓަރ އޮފް ބިޒްނަސް ހާސިލުކުރައްވާފައެވެ.


އަލްފާޟިލާ މަރިޔަމް ޒާހިޔާ - ނޮން-އެގްޒެކެޓިވް، އިންޑިޕެންޑަންޓް ޑިރެކްޓަރ

އަލްފާޟިލާ މަރިޔަމް ޒާހިޔާ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ބޯޑަށް، ސަރުކާރުގެ ފަރާތުން ޢައްޔަންކުރައްވާފައިވަނީ ޖެނުއަރީ 2018 ގައެވެ.

ޒާހިޔާއަކީ ރައީސް އޮފީހުގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރއެކެވެ. އަދި މިވަގުތު މަސައްކަތްކުރައްވަނީ ސަރުކާރުން ރައްޔިތުންނާއި ގާތުން ފޯރުކޮށްދީފައިވާ ޚިދުމަތްތައް ބަލާ، ރައްޔިތުންނަށް ހުރި ދަތިތަކާބެހޭ ގޮތުން ދިރާސާކުރުމުގެ މަސައްކަތެއްގަވެ. މިމަސައްކަތުގެ ކުރިން، އޭނާ އަދާކުރައްވަމުން ގެންދެވީ މޮނިޓަރީ، ފިސްކަލް ޕޮލިސީ، ބަޖެޓް، އަދި އިޤްތިޞާދީ ކުރިއެރުންތަކާބެހޭ މަސައްކަތެވެ. ރައީސް އޮފީހުގައި އޭނާ ވަނީ އެކިއެކި މަޤާމްތައް އަދާކުރައްވާފައެވެ. ހަމަމިއާއެކު އޭނާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ރިސާރޗް އެންޑް މޮނިޓަރިންގ ޑިޕާރޓްމަންޓްގެ އިސް ވެރިޔާގެ ދައުރުވެސް އަދާކުރައްވާފައެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ބޯޑަށް ޢައްޔަންކުރެވުމުގެ ކުރިން އޭނާ ވަނީ ވެލާނާ އިންޓަރނެޝަނަލް އެއަރޕޯރޓްގެ ބޯޑު ޑިރެކްޓަރކަންވެސް އަދާކުރައްވާފައެވެ.

ޒާހިޔާ ވަނީ ސައުތު ކޮރެޔާގެ ކޮރެޔަން ޑިވަލޮޕްމަންޓް އިންސްޓިޓިއުޓްއިން މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ ވިތު ޓްރިޕަލް މޭޖަރ އިން ޓްރާންސިޝަން އެންޑް ޑިވަލޮޕްމަންޓް ސްޓަޑީޒް، އިންޓަރނެޝަނަލް ރިލޭޝަންސް އެންޑް ޕޮލިޓިކަލް އިކޮނޮމީ ހާސިލުކުރައްވާފައެވެ. އަދި މީގެ އިތުރުން އޭނާ ވަނީ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަންގެ ބެޗެލަރ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ.





އަލްފާޟިލާ ޢާއިޝަތު ފަޒީނާ ބިލަތްމާގެ / ގދ. ގައްދޫ

އަލްފާޟިލާ ޢާއިޝަތު ފަޒީނާ އަކީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (ބިޒްނަސް ސްކޫލް) ގެ އެސޯސިއޭޓް ލެކްޗަރަރއެކެވެ. އަދި އޭނާއަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަދި މޯލްޑިވްސް ޓުއަރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ޕލކ ގެ ބޯޑު ޑިރެކްޓަރއެކެވެ. މީގެ އިތުރުން، އަމިއްލަ މަސައްކަތުގެ ގޮތުގައި، ކޮންސަލްޓަންސީ އަދި އޮޑިޓިންގ ގެ މަސައްކަތްވެސް ކުރައްވައެވެ. އަލްފާޟިލާ ޢާއިޝަތު ފަޒީނާ ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕްރޮޖެކްޓް އޮފިސަރކަން، ވިލާ ކޮލެޖުގެ ވިޒިޓިންގ ލެކްޗަރަރކަން އަދި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ ބޯޑު ޑިރެކްޓަރކަންވެސް ކުރައްވާފައެވެ.

އަލްފާޟިލާ ޢާއިޝަތު ފަޒީނާ ވަނީ އޭ.ސީ.ސީ.އޭ އެފްލިއޭޓް މެމްބަރޝިޕް އަދި ބެޗެލަރ އޮފް ސައިންސް (އޮނަރސް) އިން އެޕްލައިޑް އެކައުންޓިންގ އާއި ސީ.އޭ.ޓީ ހައްދަވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޓްރެއިނިންގ ޕްރޮގްރާމްވެސް ފުރިހަމަކުރައްވާފައެވެ. ހަމަމިއާއެކު އޭނާ ވަނީ ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ އަދި ސިންގަޕޯރ އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސްގެ އެގްޒެކެޓިވް ސެޓިފިކޭޓް އިން ޑިރެކްޓަރޝިޕް ފުރިހަމަކުރައްވާފައެވެ.

އަލްފާޟިލާ ޢާއިޝަތު ފަޒީނާއަކީ 2018 ވަނަ އަހަރުން ފެށިގެން މި ކުންފުނީގެ 1 ހިއްސާގެ ވެރިފަރާތެވެ.


އަލްފާޟިލާ އާމިނަތު ރުޝްމާ ހ.މޮސްކޯގެ

އަލްފާޟިލާ އާމިނަތު ރުޝްމާއަކީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ސީނިއަރ ޓްރެއިނިންގ ކޯޑިނޭޓަރެކެވެ. އަދި ހަމަމިއާއެކު މެޕްސް ކޮލެޖްގެ ލެކްޗަރަރއެކެވެ. އަލްފާޟިލާ އާމިނަތު ރުޝްމާ ވަނީ އިންޓަރނެޝަނަލް ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓްގެ އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓްކަން، ބީހައިވް ނަލަހިޔާ ހޮޓަލްގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވްކަން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ޕަބްލިކް ރިލޭޝަން އޮފިސަރކަމާއި ހިއުމަން ރިސޯސް ޑިވަލޮޕްމަންޓް އޮފިސަރކަންވެސް އަދާކުރައްވާފައެވެ.

އަލްފާޟިލާ އާމިނަތު ރުޝްމާވަނީ މާސްޓަރ އޮފް މެނޭޖިރިއަލް ސައިކޮލޮޖީ، ބެޗްލަރ އޮފް އާރޓްސް (އޮނަރސް) އިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ބީޓެކް ނެޝެނަލް ޑިޕްލޮމާ އިން ޓްރެވަލް އެންޑް ޓުއަރިޒަމް އަދި އައި.އޭ.ޓީ.އޭ ޑިޕްލޮމާ އިން އެއަރލައިން ޓިކެޓިންގ، ރެޒަވޭޝަން އެންޑް މާކެޓިންގ ހައްދަވާފައެވެ.

އަލްފާޟިލާ އައިމިނަތު ރުޝްމާއަކީ 2019 ވަނަ އަހަރުން ފެށިގެން މި ކުންފުނީގެ 1 ޙިއްޞާގެ ވެރިފަރާތެވެ.


އަލްފާޟިލް މަންޞޫރު ޒުބައިރު ކޮތަންމާގެ، ސ.ހިތަދޫ

އަލްފާޟިލް މަންޞޫރު ޒުބައިރަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ސްޓެޓިސްޓިކް ޑިވިޝަންގެ އެސިސްޓަންޓު އެގްޒެކްޓިވް ޑިރެކްޓަރއެވެ. ހަމަމިއާއެކު، އަލްފާޟިލް މަންޞޫރު ޒުބައިރަކީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އަދި ޕެކްޓޮރާ އެންޓަޕްރައިސެސް ޕވޓ ލޓޑގެ ބޯޑު ޑިރެކްޓަރެކެވެ. މީގެ އިތުރުން، އޭނާ ވަނީ ބީ.ބީ އިންވެސްޓްމަންޓް ޕވޓ ލޓޑ ގެ މެނޭޖިންގ ޑިރެކްޓަރކަން، މޯލްޑިވްސް އިންޓަރގްރޭޓެޑް ޓުއަރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރކަން، މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފައިނޭންސް ކޮމިޝަންގެ މެމްބަރުކަން އަދި މެމް.އެމް.އޭގެ އިންފޯމޭޝަން އޮފިސަރ / މީޑިޔާ އޮފިސަރކަމާއި މިނޫންވެސް ގިނަ މަޤާމްތަކެއް އެމް.އެމް.އޭގައި އަދާކުރައްވާފައެވެ.

އަލްފާޟިލް މަންޞޫރު ޒުބައިރު ވަނީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗެލަރ އޮފް ކޮމަރސް އިން ބޭންކިންގ އެންޑް ފައިނޭންސް، އެޑްވާންސް ޑިޕްލޮމާ އިން ކޮމަރސް އަދި ސްޓެސްޓިކަލް ޓްރެއިނިންގ ޑިޕްލޮމާއެއް ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޓްރެއިނިންގ ޕްރޮގްރާމްވެސް ފުރިހަމަކުރައްވާފައެވެ. ހަމަމިއާއެކު، އޭނާ ވަނީ ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ އަދި ސިންގަޕޯރ އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސްގެ އެގްޒެކެޓިވް ސެޓިފިކޭޓް އިން ޑިރެކްޓަރޝިޕް ޕްރޮގްރާމްގެ ގިނަ މޮޑިއުލްތައް ފުރިހަމަކުރައްވާފައެވެ.

އަލްފާޟިލް މަންޞޫރު ޒުބައިރަކީ 2016 ވަނަ އަހަރުން ފެށިގެން މި ކުންފުނީގެ 1 ހިއްސާގެ ވެރިފަރާތެވެ.


އަލްފާޟިލް މުޙައްމަދު އިމްތިޝާލް އަޙްމަދު މއ.މަލުވިލާ

އަލްފާޟިލް މުޙައްމަދު އިމްތިޝާލް އަޙްމަދު މިހާރު އަދާކުރައްވާ މަޤާމްތަކުގެ ތެރޭގައި ޑެނިކޮން ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕވޓ ލޓޑގެ މެނޭޖަރކަން، ޔޫ ޓުއަރޒް މޯލްޑިވްސް ޕވޓ ލޓޑ ގެ ޑިރެކްޓަރކަން، އަދި ރަބާޙް އިންޓަރނެޝަންލ ޕވޓ ލޓޑ ގެ މެނޭޖިންގ ޑިރެކްޓަރކަން ހިމެނެއެވެ. މީގެ އިތުރުން އޭނާވަނީ ކުޑަފަރި ޔޫތު މޫވްމަންޓުގެ އިލެކްޓެޑް ޖެނެރަލް ސެކްރެޓަރީކަން، ސްރީ ލަންކާގެ ސްޓޫޑަންޓް އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީކަން އަދި ކްލިކް ކޮލެޖްގެ ޑަބްލިއު.އައި.ޓީ.ޓީ.އެސް ގެ އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓްކަންވެސް ކުރައްވާފައެވެ.

އަލްފާޟިލް މުޙައްމަދު އިމްތިޝާލް އަޙްމަދު ވަނީ ޑިޕްލޮމާ އިން ޓުއަރިޒަމް މެނޭޖްމަންޓް، ޑިޕްލޮމާ އިން ވެބް ޑިޒައިނިންގ އަދި ޑިޕްލޮމާ އިން މެނޭޖްމަންޓް ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ބެޗެލަރސް ޑިގްރީ އިން މެނޭޖްމަންޓް އެންޑް މާކެޓިންގ ގެ ބައެއް މޮޑިއުލްތައް ފުރިހަމަކުރައްވާފައެވެ.

އަލްފާޟިލް މުޙައްމަދު އިމްތިޝާލް އަޙްމަދަކީ 2019 ވަނަ އަހަރުން ފެށިގެން މިކުންފުނީގެ 1 ހިއްސާގެ ވެރިފަރާތެވެ.

އަހަރީ ޢާންމު ޖަލްސާއަށް ރަޖިސްޓަރީކުރައްވާނެ ގޮތް




ރަޖިސްޓަރީކުރައްވަންޖެހޭ ސުންގަޑިއަކީ 14 މޭ 2019 ވާ އަންގާރަ ދުވަހުގެރޭ 12:00 ގެ ކުރިންނެވެ.

ޖަލްސާ އޮންނާނީ 16 މޭ 2019 ވާ ބުރާސްފަތި ދުވަހުގެރޭ 10:00 ގައި ދަރުބާރުގޭ، ރަންނަބަނޑޭރި މާލަމުގައެވެ.

އިތުރު މަޢުލޫމާތު ހިއްސާދާރުންގެ މަޢުލޫމާތު ފޮތް 2018 އިން ލިބިވަޑައިގަންނަވާނެ

ޖަލްސާގައި ވޯޓު ދެއްވާނެ ގޮތް





އިތުރު މަޢުލޫމާތު ހިއްސާދާރުންގެ މަޢުލޫމާތު ފޮތް 2018 އިން ލިބިވަޑައިގަންނަވާނެ

އޮންލައިންކޮށް ރަޖިސްޓަރީކުރުން



ރެޖިސްޓަރ ކުރުމުގެ ސުންގަޑި ވަނީ ހަމަވެފަ

އަހަރީ ޢާންމު ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް