
އަޅުގަނޑުމެންގެ ދަތުރުގެ ކުރު ހުލާސާއެއް
ކުރިއެރުމާއި އައު އީޖާދުތަކުގެ ވާހަކައެއް

ކުންފުނީގެ ފެށުން
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަކީ ދިވެހި ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާ އޮވެގެން، ގައުމުގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމު މަގުސަދުގައި 1964 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އޭރު "އަތިރީމާފަންނު ޓްރޭޑިންގ އެކައުންޓް" (އޭޓީއޭ) ގެ ނަމުގައި ހިންގި މި ކުންފުނީގެ މައިގަނޑު މަސައްކަތަކީ، އަސާސީ ކާބޯތަކެތި ގަނޑުކޮށް ރާއްޖެއަށް އެތެރެކޮށް، ކުޑަ ފައިދާއަކާއެކު އަމިއްލަ ވިޔަފާރިވެރިންނާއި އޭޓީއޭގެ ފިހާރަތައް މެދުވެރިކޮށް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން ދައުލަތަށް ބޭނުންވާ ތަކެތި އެތެރެކުރުމުގެ ޒިންމާވެސް އޭޓީއޭ އިން އުފުލިއެވެ.
އޭޓީއޭގެ ނަން 1979 ވަނަ އަހަރު "ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން" އަށް ބަދަލުކުރެވުނެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ "އެސްޓީއޯ" އަކީ ދިވެހިންގެ މެދުގައި މަގުބޫލު، ގާތް ނަމަކަށް ވެގެންދިޔައެވެ. ގައުމު ތަރައްގީވަމުން ދިޔަވަރަކަށް، ރައްޔިތުންގެ ބޭނުންތައްވެސް ދިޔައީ އިތުރުވަމުންނެވެ. ކުންފުނީގެ އަސްލު މަގުސަދު ދަމަހައްޓަމުން، އެސްޓީއޯ އިން ވަނީ އެތެރެކުރާ މުދަލުގެ ދާއިރާ ފުޅާކޮށްފައެވެ. އެގޮތުން އާންމުކޮށް ބޭނުންކުރާ މުދަލުން ފެށިގެން، އިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި، ގޭތެރޭގައި ހިފާގެންގުޅޭ ސާމާނުގެ އިތުރުން ސުޕަމާކެޓްގެ އުފެއްދުންތައް އެސްޓީއޯ އިން ތައާރަފުކުރިއެވެ.
ކުންފުނި މިއަދު
އެސްޓީއޯ އުފެދުނު ދުވަސްވަރަކީ، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ އިތުރުން އިމާރާތްކުރުމުގެ ދާއިރާގެ ވިޔަފާރިތައް ފުޅާވެ، ދިވެހިރާއްޖޭގެ އިގްތިސާދު ބާރުމިނެއްގައި ކުރިއަރަން ފެށި ދުވަސްވަރެވެ. މި ބަދަލުތަކާ އެކު، އެސްޓީއޯ އިން ވަނީ ދައުލަތުގެ މުދާ އެތެރެކުރާ ފަރާތެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ވިޔަފާރީގެ އައު އުދަރެސްތަކަކަށް ދަތުރު ފަށާފައެވެ. އެގޮތުން ބޭރު ފައިސާ ހޯދުމަށާއި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި އެކި ދާއިރާތަކުން ވިޔަފާރި ފުޅާކުރަން ފެށިއެވެ.
މިއަދު އެސްޓީއޯ ގްރޫޕަކީ އޭގެ ބައިވެރިންނާ އެކު، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏެވެ. އެސްޓީއޯ އިން އަންނަނީ ތެލާއި، ކައްކާ ގޭހާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި، ސިއްހީ ދާއިރާގެ ސާމާނާއި، އިލެކްޓްރޯނިކްސް އާއި، ސުޕަމާކެޓް މުދަލާއި، އިންޝުއަރެންސާއި، ދަތުރުފަތުރުގެ އިތުރުން ބަންކަރިންގެ ހިދުމަތް ފަދަ ތަފާތު ދާއިރާތަކުގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުންނެވެ. މި ކުންފުނީގެ މަސައްކަތްތައް މުޅި ދިވެހިރާއްޖެއަށް ވަނީ ފެތުރިފައެވެ.
މަގުސަދު
އަޅުގަނޑުމެންގެ މަގުސަދަކީ ފެންވަރު ރަނގަޅު ޒަރޫރީ މުދަލާއި ހިދުމަތްތައް ފޯރުކޮށްދީ، ދެމެހެއްޓެނިވި ކުރިއެރުމާއި އައު އީޖާދުތަކުގެ އެހީގައި މުޖުތަމައަށާއި މުޅި ގައުމަށް ފައިދާކުރަނިވި ގޮތެއްގައި ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ. އަދި އިގުތިސާދީ ތަރައްގީ ކުރިއަރުވައި، އެންމެހައި ފަރާތްތަކަށް އުޖާލާ މުސްތަގުބަލެއް ކަށަވަރުކޮށްދިނުމަށް އަޅުގަނޑުމެން އިސްކަންދެމެވެ.
އިސްތިރާޖު
އެސްޓީއޯގެ އިސްތިރާޖު ބިނާވެފައިވަނީ ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށާއި، އަސާސީ ވިޔަފާރިތައް އިތުރަށް ހަރުދަނާކޮށް، ފުރުސަތު އޮތް އައު ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދުމުގެ މައްޗަށެވެ. އަޅުގަނޑުމެންގެ އަމާޒަކީ ތެލާއި، އިމާރާތްކުރުމާއި، އަދި ސިއްހީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުގައި މިހާރު އޮތް އިސް މަގާމު ދަމަހައްޓައި، އިއާދަކުރަނިވި ހަކަތައާއި ޑިޖިޓަލް ހައްލުތައް ފަދަ ކުރިއަރަމުން އަންނަ ދާއިރާތަކަށް ވިޔަފާރި ފުޅާކުރުމެވެ.
އަޅުގަނޑުމެން އިލްތިޒާމުވާ ކަންކަން
ދެމެހެއްޓެނިވި ތަރައްގީ
އަޅުގަނޑުމެން އަންނަނީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ހޯދައި، ތިމާވެއްޓާ ރައްޓެހި ވިޔަފާރީގެ އުސޫލުތަކަށް އިސްކަންދީގެން ފެހި މުސްތަގުބަލަކަށް މަސައްކަތް ކުރަމުންނެވެ.
މަސައްކަތުގެ ފެންވަރު ރަނގަޅުކުރުން
އަޅުގަނޑުމެންގެ އަމާޒަކީ ސަޕްލައި ޗެއިން ހަރުދަނާކުރުމާއި، އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމާއި، އަދި ޑިޖިޓަލައިޒޭޝަނާއި އޮޓޮމޭޝަންގެ އެހީގައި ހުރިހާ މަސައްކަތްތަކެއްގެ ހިންގުންތެރިކަން އިތުރުކުރުމެވެ.
ކަސްޓަމަރުންނަށް އިސްކަންދޭ ކުރިއެރުން
އެސްޓީއޯ އިން މަސައްކަތް ކުރަނީ މުޅި ރާއްޖެއަށް އަޅުގަނޑުމެންގެ މުދަލާއި ހިދުމަތްތައް ފޯރުކޮށްދީ، އައު އީޖާދުތަކާއި އިސްތިރާޖީ ގުޅުންތަކުގެ އެހީގައި ކަސްޓަމަރުންގެ ތަޖުރިބާ މުއްސަނދިކޮށްދީ، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށެވެ.
މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރުން
އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ މުވައްޒަފުންނެވެ. އެހެންކަމުން، މަސައްކަތުގެ މާހައުލުގައި ނަތީޖާ ނެރެދޭ ސަގާފަތެއް ގާއިމުކޮށް، މުވައްޒަފުންގެ ހުނަރު ތަރައްގީކޮށް، އެމީހުން ކުންފުނީގައި ދެމެހެއްޓުމަށް އަޅުގަނޑުމެން އިސްކަންދެމެވެ.
އައު ފުރުސަތުތައް ހޯދުން
ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރުކުރުމަށާއި ގައުމީ އިގުތިސާދު ކުރިއެރުވުމަށްޓަކައި، ސިއްހީ ދާއިރާ، ހަކަތަ، އަދި ބައިނަލްއަގުވާމީ މާކެޓްތައް ހިމެނޭހެން، ކުރިއެރުން ހުރި ވިޔަފާރިތަކާއި ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތުތައް އަޅުގަނޑުމެން ދާނީ މެދުނުކެނޑި ހޯދަމުންނެވެ.
މި އިސްތިރާޖީ ތަނބުތަކުގެ ޒަރީއާއިން އިސް ސަފުގައި ދެމިއޮވެ ކުންފުނީގެ މަސްލަހަތުވެރިންނާއި މުޅި ގައުމަށް ދިގުމުއްދަތުގެ ދެމެހެއްޓެނިވި މަންފާ ހޯދައިދިނުމަށް އެސްޓީއޯ ތައްޔާރެވެ.
އަޅުގަނޑުމެންގެ އަސާސްތައް
ބިޔަކޮށް ތަސައްވުރުކުރުން
ހިދުމަތުގައި ލާމަސީލުވުން
ހައްގު ކަން ފަސްނުޖެހި ކުރުން
މާރެސް
އިތުބާރާއެކު ލީޑުކޮށް، ދެމެހެއްޓެނިވިގޮތުގައި ކުރިއަރައި، ދެމިގެންދާ ނަފާ ހޯދައިދިނުން.
މުހިންމަތު
ޒިންމާދާރުކަމާއެކު ދެމެހެއްޓެނިވިގޮތުގައި ކުރިއަރައި، ލާމަސީލު ހިދުމަތުން ކަސްޓަމަރުންގެ އިތުބާރު ލިބިގަނެ، މުޖުތަމައުތަކަށް މައުނަވީ ނަފާ ހޯދައިދިނުން.
އަޅުގަނޑުމެންގެ ޓީމު
އަޅުގަނޑުމެންގެ ކާމިޔާބީގެ ސިއްރަކީ އަޅުގަނޑުމެންގެ ކުޅަދާނަ ޓީމުގެ ސާބިތުކަމާއި އަޒުމެވެ.
މުހިއްމު މޭލުގާތައް
Established as Athireemaafannu Trading Account (ATA)
Renamed to State Trading Organization (STO)
STO Electronics showroom opened
First Board appointed
Allied Insurance Company of the Maldives established
Celebrated Silver Jubilee of STO
First 'Easy Fill' station opened
STO Home Improvement showroom opened
STO Maldives (Singapore) formed
Changed name to State Trading Organization Limited
Formed Maldive Gas
Formed Maldives Structural Products
Formed Fuel Supplies Maldives
Become a listed company and went public
Maldives National Oil Company formed
Issued shares to public
Invested in Addu International Airport
STO Wholesale Center opened
Addu Call Center established
All Island Pharmacy Project completed
Celebrated Golden Jubilee
Accepted Maldives Industrial Fisheries Company to STO Group
Acquired medium range oil tanker 'Alimas' to support fuel imports
Established prenatal & newborn screening in Maldives with IGMH
Transferred STO's shares in Addu International Airport to GoM
Maldives State Shipping formed
eSTOre launched
Introduced STO Agents
Established the first fuel testing laboratory in Maldives
Introduced hypermarket concept in Maldives with new showroom
Makita Showroom opened
Supplied ready-mix concrete to Thilamalé Bridge Project
Started training Radiographers locally with GE Healthcare
Opened the first cashier-less smart store in Maldives
Started drone delivery service for Maldives Health Line
Inaugurated international marine bunkering at Ihavandhippolhu
Nationwide fuel skid project launched
Added 23 items to "basic staples" to enhance food security
Acquired 25000MT oil tanker 'Neon' to strengthen fuel imports
ގާއިމުވެފައިވާ ސަރަހައްދުތައް
އަސާސީ މުހިއްމު ހިދުމަތްތައް ގައުމުގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް ދެވޭ އަހަންމިއްޔަތުކަމެއްގެ ސަބަބުން، އަޅުގަނޑުމެންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވިފައިވާކަން ފަހުރުވެރިކަމާއެކު ފާހަގަކުރަން