hero line artwork

29 އޮކްޓޫބަރު 2026

ތިންވަނަ ކުއާޓަރުގެ ރިޕޯޓު 2026

އަޅުގަނޑުމެންގެ 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓު ޝާއިއު ކުރެވިއްޖެ

Investors
ވުނޭރު ގުޅުން

ވުނޭރުންނާ ގުޅޭ

ކުންފުނި ހިންގުމުގެ ކަންކަމާމެދު ދެފުށްފެންނަގޮތަށް މުޢާމަލާތްކޮށް، ވުނޭރުންނާ ބަދަހި ގުޅުމެއް ބޭއްވުމަކީ އެސްޓީއޯއިން ނުހަނު އިސްކަން ދޭ ކަމެކެވެ. ކުންފުނީގެ މާލީ މުހިންމު މަޢުލޫމާތުތަކާއި، ރިޕޯޓުތަކުގެ އިތުރުން ހިންގުމާއި އިސްތިރާޖީ މިސްރާބުތައް ހާމަކޮށްދޭ އަދާހަމަތައް މިތަނުން ފެންނަން ހުންނާނެއެވެ.

ކޯޕަރޭޓް ގަވަރނަންސް އަދި ދެމެހެއްޓެނިވިކަން

އެސްޓީއޯގެ ބޯޑާއި މެނޭޖްމަންޓް، އަދި ކުންފުނީގެ ސަބްސިޑިއަރީތަކުން އަބަދުވެސް އިސްކަންދެނީ ކޯޕަރޭޓް ގަވަރނަންސްގެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށެވެ. ކުންފުނީގެ އަމާޒަކީ ޙިއްޞާދާރުންނާއި، ސަރުކާރާއި، ކަސްޓަމަރުންނާއި، މުދާ ފޯރުކޮށްދޭ ފަރާތްތަކާއި، މުވައްޒަފުން އަދި ޢާންމު ރައްޔިތުން ހިމެނޭހެން ހުރިހާ މަސްލަހަތުވެރިންގެ ފައިދާއަށްޓަކައި، ހަރުދަނާ އަދި ބަދަހި ކޯޕަރޭޓް ގަވަރނަންސްގެ އުޞޫލުތަކެއް އަށަގަންނުވައި ކުރިއެރުވުމެވެ. މި އުޞޫލުތަކުގެ ތެރެއިން އަޅުގަނޑުމެން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށެވެ. އެގޮތުން، ކުންފުނީގެ "އިމްޕެކްޓް ރިޕޯޓު" ތަކުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވާ ފަދައިން، ހުރިހާ ފަރާތްތަކަކަށްވެސް ދެމިގެންދާނެ ފައިދާތަކެއް ހޯދައިދިނުމަށްޓަކައި، ތިމާވެއްޓާއި އިޖުތިމާޢީ ކަންކަމަށް ރިޢާޔަތްކުރެވޭކަން އަޅުގަނޑުމެން ކަށަވަރުކުރަމެވެ.

ސަބްސިޑިއަރީ ކުންފުނިތައް

ރިޕޯޓު

އަހަރީ ރިޕޯޓު 2025

ޑައުންލޯޑް ރިޕޯޓު
ރިޕޯޓު

ކުއާޓަރ ރިޕޯޓު 2026 ކުއާޓަރ 3

29 އޮކްޓޯބަރ 2026

ޑައުންލޯޑް ރިޕޯޓު

ތިޔަބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވާ

އަޅުގަނޑުމެން އަބަދުވެސް އިސްކަންދެނީ ކޯޕަރޭޓް ގަވަރނަންސްގެ އެންމެ މަތީ މިންގަނޑުތައް ހިފަހައްޓައިގެން ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށެވެ. ކުންފުނީގެ ހިންގުމާ ގުޅޭގޮތުންނާއި، މާލީ ރިޕޯޓުތަކާ ގުޅޭގޮތުން ނުވަތަ އެހެންވެސް ކަމަކާ ގުޅިގެން ތިޔަބޭފުޅުންގެ އެއްވެސް ކަންބޮޑުވުމެއް އޮތްނަމަ، އެކަމެއް ހުށަހެޅުއްވުން އަޅުގަނޑުމެން ވަރަށް އެދެމެވެ.