hero line artwork
STO LogoSTO Logo

ޓްރޭނިންގ އިންސްޓިޓިއުޓް

ތިޔަބޭފުޅުންގެ ތަމްރީނުތަކާއި، ވާރކްޝޮޕްތަކާއި، އިވެންޓްތަކަށް އެންމެ އެކަށީގެންވާ ފުރިހަމަ މާހައުލު

ތަނަވަސް، ހިތްފަސޭހަ، އަދި ހަނދާނުން ނުފިލާނެ ހިތްގައިމު ތަޖުރީބާއަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތައް ފުރިހަމަ މިތަން ހުންނަނީ މާލޭގެ އޯކިޑް މަގުގައި ހުންނަ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ އެންމެ މަތީ ފަންގިފިލާގައި

Training Institute

ތަމްރީނުތަކުގެ އެންމެ ފުރިހަމަ ތަޖުރިބާއަކަށް ޚާއްޞަކުރެވިފައިވާ ޖާގަތަކެއް

ޕްރޮފެޝަނަލް އުނގެނުމަކަށް ފަރުމާކުރެވިފައިވާ މި މާހައުލުގައި ނަތީޖާ ނެރެވޭނެފަދަ ސެޝަންތަކެއް ފަސޭހަކަމާއެކު ކުރިއަށް ގެންދެވިދާނެ. މިހާރު ބުކް ކުރައްވާ އަޅުގަނޑުމެންގެ އިންސްޓިޓިއުޓުން ލިބިދޭ ފަސޭހަތައް ތަޖުރިބާކޮށްލައްވާ.

ޚިދުމަތްތަކާއި ވަސީލަތްތައް

ކްލާސްރޫމް — 730 އަކަފޫޓު

އިންޓެރެކްޓިވް ސެޝަންތަކަށް ފަސޭހައިން ލޭއައުޓް ބަދަލުކޮށްލެވޭ ގޮތަށް، 44 މީހުންގެ ޖާގަ

އޮޑިޓޯރިއަމް — 920 އަކަފޫޓު

ސްޓޭޖް ރަނގަޅަށް ފެންނާނެހެން ތިއޭޓަރު ސްޓައިލަށް ފަރުމާކުރެވިފައިވާ، 55 މީހުންގެ ޖާގަ

ލޮބީ — 1038 އަކަފޫޓު

އިށީނދެލައިގެން ތިބެވޭނެ ހިތްފަސޭހަ ގޮނޑިތަކާއި ރެޖިސްޓްރޭޝަން ޑެސްކެއް ހިމެނޭ ތަނަވަސް ރިސެޕްޝަން އޭރިއާއެއް

ފާޚާނާ

ވީލްޗެއަރ ބޭނުންކުރައްވާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެހެން ފަރުމާ ކުރެވިފައި

ޕޭންޓްރީ

މައިކްރޯވޭވް އަވަނާއި ކެއުމަށް ޚާއްޞަ ޖާގަ ހިމެނޭ، އަދި ކޭޓަރިންގ އަށް ބޭނުންވާ ސްޓޯރޭޖް

ނަމާދު ކޮޓަރި

ނަމާދުކުރުމަށް ހާއްސަކުރެވިފައިވާ ކޮޓަރި، މުސައްލަ ހިމެނޭ

ލައިބްރަރީ

މުތާލިއާކުރުމާއި ދިރާސާއަށް ބޭނުންކުރެވޭނެ ހިމޭން ޖާގައެއް

ވައި-ފައި

ހުރިހާ ސަރަހައްދެއްގައި ހައި-ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ހިމެނޭ

ޕްރޮޖެކްޓަރު، ވައިޓްބޯޑު، ފްލިޕް-ބޯޑު އަދި އެހެނިހެން ވަސީލަތްތައް

ޒަމާނީ ކިޔަވައިދިނުމުގެ އެހީތަކާއި ޕްރެޒެންޓޭޝަން ހުށަހަޅަން ބޭނުންވާ އާލާތްތައް

ގުޅުއްވުމަށް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށާއި ބުކިންގް ހެއްދެވުމަށް އަޅުގަނޑުމެންނާ ގުޅުއްވާ.