
ވަޒީފާތައް
ހަލުވި ބަދަލުތަކާއެކު ކުރިއަރަމުންދާ ކުންފުންޏެއްގައި ވަޒީފާ ބިނާކުރުމުގެ ޖޯޝުހުރި ފަރާތްތަކަށް
އެސްޓީއޯއާއެކު ތިބާގެ ކެރިއަރ ބައްޓަންކުރައްވާ
އެސްޓީއޯއަކީ ހަލުވިކަމާއެކު ބަދަލުވަމުން ތަރައްގީވަމުން އަންނަ ކުންފުންޏެކެވެ. މިފަދަ ޑައިނަމިކް މާޙައުލެއްގައި މަސައްކަތް ފަށައި، ތިމާގެ ކެރިއަރ ބިނާކުރަން ބޭނުންވާ ޝަރުތުހަމަވާ، ތަޖުރިބާކާރު ފަރާތްތަކަށް މިކުންފުނިން މަރުހަބާ ކިޔަމެވެ. އަޅުގަނޑުމެން ހޯދަމުން މިދަނީ ހުނަރުވެރި، ގާބިލު މުވައްޒަފުންނެވެ. އަދި މުވައްޒަފުންގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމުގެ ފުރުސަތުތައް އަޅުގަނޑުމެން ފަހިކޮށްދެމެވެ.
ތިބާއަކީ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރަށް ހުރި، ވިޔަފާރީގެ ވިސްނުން ހުރި، ޢަޒުމް ވަރުގަދަ ގްރެޖުއޭޓެއް ކަމުގައި ވިޔަސް، ނުވަތަ ފަންނީ ދާއިރާއަކުން ގިނަދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައި ވިޔަސް، ވާދަވެރި އަދި ގަޔާވާނެ އުޖޫރައާއި އިނާޔަތްތައް އަޅުގަނޑުމެން ހުށަހަޅަމެވެ.
މިޓީމާ ގުޅެންވީ ކީއްވެ؟
- މަދުވެގެން 3 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އިންޓްރެސްޓް ނުލާ ލޯނު.
- ޕްރޮބޭޝަން މުއްދަތު ހަމަވުމުން ހެލްތް އިންޝުއަރެންސް، ލައިފް އިންޝުއަރެންސް، އަދި ޖީ.ޕީ.އޭ (ޕާސަނަލް އެކްސިޑެންޓް) ކަވަރޭޖް. މީގެ އިތުރުން ބަލަދުއަރާ ފަރާތްތައް މީގައި ހިމެނުމުގެ ފުރުސަތު.
- 6 މަސްދުވަހުގެ ހިދުމަތަށްފަހު މުވައްޒަފުންގެ ކްރެޑިޓް ސްކީމްގައި ބައިވެރިވެވޭ.
- ތަފާތު ވިޔަފާރިތަކާ ގުޅިގެން ހިންގާ އެސްޓީއޯ "ސްޓާފް ޕްރިވިލެޖް ޕްރޮގްރާމް" މެދުވެރިކޮށް ހާއްސަ ޑިސްކައުންޓްތަކާއި އިނާޔަތްތައް.
- ހާއްސަ ހާލަތްތަކުގައި މުވައްޒަފުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
- އެސްޓީއޯ ރެކްރިއޭޝަން ކްލަބް (ސްޓޯރކް) ގެ ހަރަކާތްތަކާއި ފައިދާތައް.
- މުވައްޒަފުންގެ ދަރިން ބަލަހައްޓާ މަރުކަޒުތަކުގެ (ޑޭކެއަރ) ހަރަދުތަކަށް މާލީ އެހީތެރިކަން.
ތިޔަ ފަރާތުގެ އެޕްލިކޭޝަން ކުރިއަށްދާގޮތް
ވަޒީފާއަށް އެދި ތިޔަފަރާތުން ހުށަހަޅުއްވާފައިވާ އަޕްލިކޭޝަން ގޮސްފައިވާ މަރުހަލާގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވާ.