
ވިޔަފާރި ދާއިރާތައް
އާންމު ވިޔަފާރި މުދާ، ބޭސްފަރުވާއާ ގުޅޭ ސާމާނު، ބިނާކުރުމަށް ބޭނުންވާ ތަކެތި، ތެލާއި ބަންކަރިންގ، ގޭސް، އިންޝުއަރެންސް، ޝިޕިންގ
ލިބެން ހުންނަކަން ކަށަވަރުކޮށް ކުރިއެރުމަށް މަގުފަހިކުރުން
އެސްޓީއޯގެ ވިޔަފާރި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އާންމު ވިޔަފާރި މުދަލާއި، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނާއި، ބޭސްފަރުވާގެ ސާމާނެވެ. މީގެ ތެރެއިން ފަހުން ދެންނެވުނު ދެ ދާއިރާގައި މިހާރު ބޮޑު އިސްކަމެއް ދެވިފައިވަނީ ޚިދުމަތްތަކަށް ބިނާވެފައިވާ ނަމޫނާއަކަށެވެ. އަޅުގަނޑުމެންގެ ތެލުގެ ވިޔަފާރީގެ މުހިއްމު އިތުރު ބޮޅެއްގެ ގޮތުގައި ރާއްޖޭގެ އުތުރުގައި ބައިނަލްއަޤްވާމީ އޯފްޝޯ ބަންކަރިންގ ޚިދުމަތްވެސް ވަނީ ދޭން ފެށިފައެވެ. އަދި އަޅުގަނޑުމެންގެ ސަބްސިޑިއަރީ ކުންފުނިތައް މެދުވެރިކޮށް ތެޔޮ ފޯރުކޮށްދިނުމާއި، ގޭހާއި، އިންޝުއަރެންސް އަދި ޝިޕިންގގެ ޚިދުމަތްތަކުގައިވެސް މިކުންފުނި ހަރަކާތްތެރިވެއެވެ.
އެސްޓީއޯގެ ވިޔަފާރި ފުޅާކޮށް ސިންދަފާތު ކުރަމުންދާއިރުވެސް، ޤައުމަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި، ތެލާއި، އަދި ބޭސްފަރުވާގެ ސާމާނު ފަސޭހައިން ލިބޭނެ މަގު ކަށަވަރުކޮށްދިނުމުގެ އަސާސީ މަސްއޫލިއްޔަތު އެއީ އަޅުގަނޑުމެންގެ އެންމެ މުހިންމު މަސައްކަތެވެ. ފައިދާއަށް އަމާޒުކޮށްގެން އަޅުގަނޑުމެން ކުރިއަށްދާ މިސްރާބުތަކަކީ، ހިއްސާދާރުންނަށް އެންމެ ފުރިހަމަ ނަފާ ހޯދައިދިނުމަށާއި، އަޅުގަނޑުމެންގެ އަސާސީ މަސްއޫލިއްޔަތު ދިގުމުއްދަތަށް ރައްކާތެރިކުރުމަށް ހިފާފާއިވާ އަމާޒުތަކެކެވެ.

General Trading
Staple foods and consumer goods including supermarket products, home appliances, and more

Construction Solutions
Building materials for small- and large-scale construction and development projects

Fuel Distribution
With its fleet of fuel tankers and barges, FSM dispatches fuel across Maldives, covering resort and vessel deliveries, operation of fuel sheds, and more

Gas
Maldive Gas supplies industrial and medical gas to hospitals and businesses and is also the top provider of liquefied petroleum gas in Maldives




