hero line artwork

އާންމު ވިޔަފާރި

ކާޑުގެ ބާވަތްތަކާއި އާންމު ވިޔަފާރިއާއި ކާބޯތަކެއްޗާއި ގޭތެރެއަށް ބޭނުންވާ ސާމާނު ފަދަ ތަކެތި

އާންމު ވިޔަފާރި

މާލޭގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސް މައި ފިހާރަ ސުޕަސްޓޯރެއްގެ ގޮތުގައި ތަރައްގީކޮށް އަލުން ހުޅުވުމާއެކު، ވިޔަފާރިކުރުމުގެ ތަފާތު ހިތްގައިމު ތަޖުރިބާއެއްގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ލިބިފައެވެ. ކާބޯތަކެތީގެ އިތުރުން މިތަނުން ގިނަ އަދަދެއްގެ އާންމު މުދަލާއި، ހިފާގެންގުޅޭ ސާމާނާއި، ތާޒާ ކޮފީ އާއި ބޭކަރީއެއްގެ ޚިދުމަތްފަދަ ފަސޭހަތައް ލިބެން ހުރެއެވެ. ޖާގައިގެ ތަނަވަސް ކަމާއި، ފެންވަރު ރަނގަޅު ތަފާތު ގިނަ އުފެއްދުންއް ލިބެންހުރުމާއި، މުވައްޒަފުންގެ މަޢުލޫމާތާއި ހިތްހެޔޮކަމާއި، ކަސްޓަމަރކެއަރ ޓީމަކީ މިތަޖުރިބާ ފުރިހަމަކޮށް ގުޅުވާލަދޭ ކަންކަމެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އެންމެ އިސް މަގުސަދަކީ ހެޔޮ އަގުގައި ފެންވަރު ރަނގަޅު އަދި ރައްކާތެރި އުފެއްދުންތައް ފޯރުކޮށްދީގެން އާންމު ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ. މި ހުރިހާ ކަމެއް ފުރިހަމަގޮތުގައި ދެމެހެއްޓުމަށް ދެވޭ އިސްކަމުގެ ސަބަބުން ކަސްޓަމަރުންގެ ތަފާތު ހާއްސަ އިތުބާރެއް އަޅުގަނޑުމެންނަށް ލިބިފައިވެއެވެ.

އެސްޓީއޯއާ މަތިކުރެވިފައިވާ ގައުމީ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ޒިންމާގެ ދަށުން ކާޑުގެ ބާވަތްތައް މުޅި ގައުމަށް ފޯރުކޮށްދިނުމުގެ ޒިންމާވެސް އަދާކުރަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ޑިޕާޓްމަންޓުންނެވެ. މިކަން ހާސިލް ކުރަމުންދަނީ އަޅުގަނޑުމެންގެ ސަރަޙައްދީ ފިހާރަތަކާއި ޑިސްޓްރިބިއުޝަން ސެންޓަރުތަކާއި އަޅުގަނޑުމެންގެ އޭޖެންޓުންގެ ވިއުގައިގެ އެހީގައެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މައި ފިހާރަ

އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތިރީބުރި، އޯކިޑްމަގު، މާފަންނު، މާލެ 20188
ފޯނު: 3344333

ހުޅުވިފައި ހުންނާނީ
ހޮނިހިރު - ބުރާސްފަތި: 08:30ން 22:00ށް
ހުކުރު: 08:30ން 10:30ށް އަދި 16:00ން 22:00ށް