
ސިއްހީ ދާއިރާ
ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ބައޯމެޑިކަލް އާލާތްތަކާއި މިތަކެއްޗާއިގުޅޭ ހިދުމަތްތައް

1983 ވަނަ އަހަރު އެސްޓީއޯގެ ފުރަތަމަ ފާމަސީ އިފްތިތާހުކުރެވުނު ދުވަހުން ފެށިގެން އެސްޓީއޯ ހެލްތްކެއަރއިން ވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ބޭސްތައް ހެޔޮ އަގުގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަގުސަދުގައި ފެށުނު މި ހިދުމަތް، ފާއިތުވި ދަހަރުތަކުގެ ތެރޭގައި މުޅި ރާއްޖެއަށް ފުޅާވެ، 190 އަށްވުރެ ގިނަ ބޭސްފިހާރަ ހިމެނޭ ގައުމީ ވިއުގައަކަށް ބަދަލުވެ، މާލެއާއި އަތޮޅުތެރޭގެ މުޖުތަމައުތަކަށް މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ބޭސްފިހާރަތަކުގެ މި ފުޅާ ވިއުގައަކީ އެސްޓީއޯ ހެލްތްކެއަރގެ ތާރީހީ ކާމިޔާބީގެ މުހިންމު ހިއްސާއެކެވެ. އަދި މިއީ ކޮންމެހެން ބޭނުންވާ ސިއްހީ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި ކޮށްފައިވާ މަސައްކަތުގެ ހެތްކެކެވެ. ޖުލައި 2026 ގައި، މި ގައުމީ ބޮޑު ވިއުގައާއި މިއާ ގުޅުންހުރި އޮޕަރޭޝަންތައް ވަނީ ސަރުކާރުގެ ހާއްސަ ކޯޕަރޭޝަނެއްގެ ދަށަށް ބަދަލުކުރެވި، ސިއްހީ ދާއިރާގެ އާ ބާބެއް ފެށިފައެވެ. މިއީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެސްޓީއޯއިން ބިނާކުރި ހަރުދަނާ ބިންގަލުގެ މައްޗަށް ކުރިއަށްގެންދެވޭ މަސައްކަތެކެވެ.
މި ހަރުދަނާ ތާރީހުގެ މައްޗަށް ބިނާކޮށް، އެސްޓީއޯ ހެލްތްކެއަރ ވަނީ ހާއްސަ އާ ތަސައްވުރަކާއެކު ސިއްހީ ހައްލުތައް ފޯރުކޮށްދޭ ފަރާތަކަށް ބަދަލުވެފައެވެ. ބައިނަލްއަގުވާމީގޮތުން ކުރިއަރާފައިވާ ސިއްހީ އުފެއްދުންތަކުގެ ފަހަތުގައިވާ ކުންފުނިތަކާއެކު ވެވޭ އިސްތިރާޖީ ބައިވެރިވުންތަކުގެ ތެރެއިން، އެސްޓީއޯ ހެލްތްކެއަރއިން އަންނަނީ އެންމެ ފަހުގެ މެޑިކަލް ޑިވައިސްތަކާއި، އިކުއިޕްމަންޓް، ފާނީޗަރ، ހާއްސަ ކޮންސިއުމަބަލް، ފެންވަރު މަތީ ފާމަސޫޓިކަލް ޕޯޓްފޯލިއޯތައް އަދި ވެލްނެސް އުފެއްދުންތައް މުޅި ރާއްޖެއަށް ފޯރުކޮށްދެމުންނެވެ.
އެސްޓީއޯ ހެލްތްކެއަރގެ މުހިންމު އެއް ބާރަކީ، މެޑިކަލް އިކުއިޕްމަންޓުގެ މުޅި ލައިފްސައިކަލްގައި ފުރިހަމަ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަކުރެވިފައިވާ ބަޔޯމެޑިކަލް ސަރވިސަސްގެ ގާބިލުކަމެވެ. މި ހިދުމަތްތަކުގެ ތެރޭގައި، ވިއްކުމުގެ ކުރިން ދެވޭ ފަންނީ މަޝްވަރާއާއި، ސައިޓް އެސެސްމަންޓް ހެދުމާއި، އިންސްޓޯލްކޮށް ކަމިޝަންކުރުމާއި، އެޕްލިކޭޝަން ތަމްރީނު ދިނުމާއި، ޕްރިވެންޓިވް އަދި ކޮރެކްޓިވް މެއިންޓަނަންސާއި، ކޮލިޓީ އެޝުއަރެންސް، އަދި ވިއްކުމަށްފަހު ދެވޭ އެހީތެރިކަން ހިމެނެއެވެ. މީގެ ސަބަބުން ސިއްހީ ހިދުމަތްދޭ މުއައްސަސާތަކަށް އެންމެ ފަހުގެ މެޑިކަލް ޓެކްނޮލޮޖީ ރައްކާތެރިކަމާ އިތުބާރާއެކު ބޭނުންކުރެވި، މެދުކެނޑުމެއްނެތި ހިދުމަތްތައް ކުރިއަށްގެންދެވޭނެކަން ކަށަވަރުވެއެވެ.
މީގެއިތުރުން، އެސްޓީއޯ ހެލްތްކެއަރ އިން އަންނަނީ ސިއްހީ ދާއިރާ ތަރައްގީކުރުމުގެ މަޝްރޫއުތަކާއި، ފަންނީ ތަމްރީނުތަކާއި، ކޮންޓިނިއުއަސް މެޑިކަލް އެޑިއުކޭޝަން ޕްރޮގްރާމްތަކާއި، ރެގިއުލޭޓަރީ އެހީތެރިކަމާއި، ޕޯޓްފޯލިއޯ ތަރައްގީކުރުމާއި، އަދި އީޖާދީ ސިއްހީ ހައްލުތައް ތައާރަފުކުރުން ފަދަ ކަންކަމުގެ ތެރެއިން ގައުމީ ސިއްހީ ދާއިރާ އިތުރަށް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެސްޓީއޯ ހެލްތްކެއަރ އަބަދުވެސް ދެމިއޮންނާނީ އީޖާދީ ކަންކަމަށާއި، ރެގިއުލޭޓަރީ މިންގަނޑުތަކަށާއި، ފަންނީ ކުޅަދާނަކަމަށާއި، އަދި ކަސްޓަމަރުންގެ ބޭނުންތަކަށް އިސްކަންދީގެން ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމުގައެވެ. ބައިނަލްއަގުވާމީ އިތުބާރުހުރި ބައިވެރިންގެ ވިއުގައަކާއި، ހާއްސަ ފަންނީ މައުލޫމާތާއި، އަދި ރާއްޖޭގެ ސިއްހީ މާހައުލުގެ ފުރިހަމަ އަންޑަސްޓޭންޑިންގއަކާއެކު، އެސްޓީއޯ ހެލްތްކެއަރއިން އަންނަނީ ދިވެހިރާއްޖޭގައި ކުރިއަރާފައިވާ، ހަރުދަނާ އަދި ފަސޭހައިން އެކްސެސްވެވޭ ސިއްހީ ނިޒާމެއް ބިނާކުރުމުގައި އަބަދުވެސް ހިއްސާވަމުންނެވެ.
ކަސްޓަމަރ ސަޕޯޓު
ހޮނިހިރު - ބުރާސްފަތި: 08:00ން 16:00ށް
ހުކުރުދުވަސް ބަންދު
ފޯނު: 3344333