
ބިނާކުރުމާއި ރިއަލް އެސްޓޭޓް
އެކިވަރުގެ އިމާރާތާއި ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ބިނާކުރުމުގެ ސާމާނު

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ސިމެންތި، ހިލަ، ހިލަވެލި، އެނބުރި ދަގަނޑު، ސްޓީލް، ޖީއައި ހޮޅި، ޕްލައިވުޑް، ޓިނު އަދި އެކްސެސަރީޒް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު އުފެއްދުންތަކާއި އެތަކެއްޗާއި އެކަށޭނަ ހިދުމަތް ފޯރުކޮށްދެ އެވެ.
އަޅުގަނޑުމެންނަކީ ނިޕޮން ޕެއިންޓް، ކޯނޭ ލިފްޓް، އަދި މަކިޓާ ޕަވަރ ޓޫލްސްގެ ހުއްދަ ލިބިފައިވާ ޑިސްޓްރިބިއުޓަރެކެވެ. ގިނަ ކުލަތަކަކާއި، ފަށަލަ ތައްޔާރުކުރުމުގެ ވަސީލަތްތަކާއި، އެތެރެއާއި ބޭރުގައިލާ ކުލަ އަދި ދަވާދާއި، ޕްރައިމަރތަކާއި ސީލަރތަކުގެ ސަބަބުން، ކުލައާއި ދަވާދުގެ ކޮންމެ މަސައްކަތެއްވެސް އެންމެ ފުރިހަމަކަމާއެކު ނިންމާލެވޭނެކަމުގެ އިތުބާރު ނިޕޯން ޕެއިންޓްއިން ލިއްބައިދެއެވެ. ކޯނޭ ލިފްޓްތަކާއި އެސްކަލޭޓަރުތަކަކީ ޒަމާނީ ޓެކްނޮލޮޖީއާއި ރެޑް ޑޮޓް އެވޯޑް ލިބިފައިވާ ޕްރޮޑަކްޓް ޑިޒައިންތަކުގެ ސަބަބުން ގިނަ ބަޔަކު ދަންނަ އެއްޗެކެވެ. މަކިޓާ ޓޫލްސް އާއި ހިދުމަތް އެއްތަނަކުން ފޯރުކޮށްދޭ އެސްޓީއޯ މަކިޓާ ޝޯރޫމްއިން މާހިރުންނާއި ހޮބީސްޓުން ވެސް ލޯބިކުރާ ދުނިޔެއަށް މަޝްހޫރު މި ބްރޭންޑްގެ އެންމެ ފަހުގެ އުފެއްދުންތައް ކަސްޓަމަރުންނަށް ލިބެ އެވެ.
އަޅުގަނޑުމެންނަކީ "ޕަވަރމިކްސް" ބްރޭންޑްގެ ދަށުން ތަފާތު ގްރޭޑްތަކުގެ ރެޑީ މިކްސް ކޮންކްރީޓް ފަރުމާކޮށް، އުފައްދައި، ފޯރުކޮށްދިނުމަށް އައިއެސްއޯ 9001:2015 ސެޓްފިކެޓް ލިބިފައިވާ ކުންފުންޏެކެވެ. ބެޗިންގ ޕްލާންޓްތަކާއި، ޓްރާންސިޓް މިކްސަރތަކާއި، ޕަމްޕްތަކާއި، ބޫމް ޕަމްޕްތައް ހިމެނޭ ފުރިހަމަ ވަސީލަތްތަކާއި އަމިއްލަ ލެބޯރެޓްރީއާއެކު، ކޮންމެ ބޭނުމަކަށް އެކަށޭނަ ކޮންކްރީޓް ސޮލިއުޝަނާއި ޕޯރިންގ އަޅުގަނޑުމެން ފޯރުކޮށްދެމެވެ.
އަޅުގަނޑުމެންގެ ހުޅުމާލޭ ޝޯރޫމްގައި މާލޭގައި ލިބެން ހުންނަ އަޅުގަނޑުމެންގެ ގިނަ އޮފާތައް ހިމެނޭއިރު، ކަސްޓަމަރުންގެ ވަކިވަކި ބޭނުންތަކާމެދު މަޝްވަރާކުރުމަށް ހާއްސަ ސެޓިންގއެއް ހުރެއެވެ.
އަޅުގަނޑުމެންނާއި ގުޅުއްވާ
ކޮންސްޓްރަކްޝަން ސޮލިއުޝަންސް އެންޑް ރިއަލް އެސްޓޭޓް އޮފީސް
އެސްޓީއޯ 5 ނަންބަރު ކޮށި، އަމީނީ މަގު، މާލެ
އާދީއްތަ - ބުރާސްފަތި 08:00ން 16:00ށް
ކޮންސްޓްރަކްޝަން ސޮލިއުޝަންސް ހޮޓްލައިން: 7478585
އީމެއިލް: construction@sto.mv
ކޮންސްޓްރަކްޝަން ސޮލިއުޝަންސް ހުޅުމާލެ
ހޮނިހިރު - ބުރާސްފަތި 08:00ން 18:00ށް، އަދި 20:00ން 22:00ށް
ފޯނު: 7355345
އީމެއިލް: construction.hm@sto.mv
ކޮންސްޓްރަކްޝަން ވެއާހައުސް / ސިމެންތި ފިހާރަ / ތިލަފުށި ޑީސީ
ހޮނިހިރު - ބުރާސްފަތި 08:00ން 17:00ށް
ތިލަފުށި ހޮޓްލައިން: 7268163
ތިލަފުށި އީމެއިލް: thilafushi@sto.mv
ޑެލިވަރީ ހޮޓްލައިން
ފޯނު: 7474242
"ޕަވަރމިކްސް" (ރެޑީމިކްސް ކޮންކްރީޓް) އޮފީސް
ހޮނިހިރު - ބުރާސްފަތި 08:00ން 16:00ށް
އޮޕަރޭޝަން - މާލެ އަދި ހުޅުމާލެ
16:00ން 00:00ށް
ފޯނު: 7291131
އީމެއިލް: powermix@sto.mv
އެސްޓީއޯ މަކިޓާ ޝޯރޫމް
ސީޓްރެކްސް ބިލްޑިންގ، ބޮޑުތަކުރުފާނުމަގު، މާލެ
ހޮނިހިރު - ބުރާސްފަތި 08:30ން 22:00ށް، ހުކުރު 08:30ން 17:00ށް
ފޯނު: 3012640
އީމެއިލް: makita@sto.mv