
ހަކަތަ
ކަރަންޓު އުފެއްދުމާއި އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރަށް ބޭނުންވާ ތެލުގެ ބާވަތްތައް

އެސްޓީއޯގެ އެނާޖީ ޑިޕާޓްމަންޓަކީ ރާއްޖޭގެ އިގްތިސާދީ ގިޔަރުތައް ހިންގުމަށް ބޭނުންވާ ސާފު ތެޔޮ ފޯރުކޮށްދޭ އިތުބާރު ހުރި ފަރާތެވެ. އަޅުގަނޑުމެންގެ މައިމަރުކަޒަކީ މާލެއަތޮޅު ފުނަދޫގައި ގާއިމްކުރެވިފައިވާ ޓާމިނަލެވެ. ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކާ، ރިސޯޓްތަކާ، އަމިއްލަ ކަސްޓަމަރުންނަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް ސަޕްލައި ކުރަނީ ފުނަދޫ ޓާމިނަލުންނެވެ. މި ޓާމިނަލްގައި 291،000 ފީފާ ޑީސަލް އަދި 59،000 ފީފާ ގޭސް ރައްކާކުރެވެއެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ އެހެން އެއާޕޯޓްތަކަށް ބޭނުންވާ ޖެޓް ފިއުލްވެސް އަޅުގަނޑުމެން ސަޕްލައި ކުރަމެވެ.
އަޅުގަނޑުމެންގެ މުހިންމު އެއް މަޤްޞަދަކީ، ބޭނުންޖެހޭ ކޮންމެ ދިމާލަކަށް އިތުބާރުހުރި ތެލުގެ ސަޕްލައި ފޯރުކޮށްދީގެން، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. އަޅުގަނޑުމެން އުފެއްދުންތައް އަބަދުވެސް ސޯސްކުރަނީ އިތުބާރުހުރި ސޯސްތަކުންނެވެ. އަދި ސޯސް އޮފް އޮރިޖިން އިން ފެށިގެން ސީދާ ކަސްޓަމަރުންނާ ހަމައަށް އެއުފެއްދުންތައް އަޅުގަނޑުމެންގެ ފޯރުކޮށްދެނީ އަޅުގަނޑުމެންގެ އަމިއްލަ ފްލީޓްގައެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އަކީ ރާއްޖޭގެ އެތެރޭގައި އެންމެހާ ކަންކޮޅުތަކަށް އިތުބާރާއެކު ތެޔޮ ފޯރުކޮށޮދިނުމަށް އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެފްއެސްއެމް އިން ބޮޑެތި ރަށްރަށުގައި ފިއުލް ސްޓޭޝަންތައް ގާއިމްކޮށް ސާފު "95 ގެސޮލީން" ޕެޓްރޯލް އަދި ލޯ ސަލްފަރ ޑީސަލް އާންމުންނަށް ފޯރުކޮށްދެއެވެ.
އަޅުގަނޑުމެންނާއި ގުޅުއްވާ
އެނާރޖީ
ކ. ފުނަދޫ
ފޯނު: 3012574
އީމެއިލް: fuel@sto.mv
ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް - އަޅުގަނޑުމެންގެ ޑިސްޓްރިބިއުޝަން ކުންފުނި)
އެފްއެސްއެމް ބިލްޑިންގ، ބޮޑުތަކުރުފާނުމަގު، މާލެ 20026
ފޯނު: 3336655
އީމެއިލް: info@fsm.mv