hero line artwork

ބައިނަލްއަގުވާމީ ބަންކަރިންގ

ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފޯރުކޮށްދިނުމަށް އުތުރުގައި ގާއިމުކުރެވިފައިވާ ބަންކަރު

ބައިނަލްއަގުވާމީ ބަންކަރިންގ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އަކީ އުލިގަމުގައި ބަންކަރު ކުރުމުގެ ހުއްދަ ލިބިފައިވާ ހަމައެކަނި ފިޒިކަލް ސަޕްލަޔަރެވެ. އަޅުގަނޑުމެން އޮޕަރޭޓް ކުރަނީ ވީއެލްއެސްއެފްއޯ އާއި އެމްޖީއޯ ގެންގުޅޭ ދެ ބަންކަރ ބާޖެވެ.

ލޮކޭޝަންގެ މައުލޫމާތު

ޕައިލެޓް ބޯޑިން ގްރައުންޑަކީ 07 ދަރަޖަ 05.0 މިނެޓް އުތުރު / 072 ދަރަޖަ 57.0 މިނެޓް އިރު

އެންކަރޭޖް ސަރަހައްދުގެ 4 ކަން ޑައުންލޯޑްކުރެވޭ ޗާޓުގައި ފާހަގަކޮށްފައި ވާނެއެވެ. އެ ސަރަހައްދުގެ ފުންމިނަކީ 30 މީޓަރާއި 70 މީޓަރާއި ދެމެދެވެ.

މި ސަރަހައްދަށް ދެ މޫސުމެއް އާދެއެވެ. އެއީ ޑިސެމްބަރު މަހުން މާރިޗުގެ ނިޔަލަށް އަންނަ އިރުވައި މޫސުމާއި މޭމަހުން ޖުލައި މަހަށް ކުރިމަތިވާ ހުޅަނގު މޫސުމެވެ. އިރުވައި މޫސުމަކީ ލުއި ވައިރޯޅި ޖެހޭ، ވާރެ އާންމުކޮށް ނުވެހޭ، އަދި އުތުރުން އިރުއުތުރަށް ބީއެފް ސްކޭލުން 3-4 ގައި ވައި ޖެހޭ ދުވަސްވަރެކެވެ. ހުޅަނގު މޫސުމުގައި ބޯކޮށް ވާރޭވެހި ވައި ޖެހެނީ ގިނައިން ދެކުނާއި ހުޅަނގު ދެކުނުން ބީއެފް ސްކޭލުން 4-6 ގައެވެ. ނޮވެމްބަރަކީ ދެމޫސުން ބެދޭ ދުވަސްވަރެކެވެ.

ބޯޓުތައް ރަނގަޅަށް ހައްޔަރުކުރުމަށް 8 ޝެކަލް، އަދި ބޮޑެތި ބޯޓުފަހަރުނަމަ 9 ޝެކަލްގެ އެންކަރިންގ ހުރިހާ ހާލަތަކަށްވެސް ފުދޭނެއެވެ. އަދި މޫސުމުގެ ގޮތުން މުހިއްމުނަމަ ބޯޓުގެ އިންޖީނު ތައްޔާރީ ހާލަތުގައި ބޭއްވޭނެއެވެ.

އުލިގަން އެންކަރޭޖްގެ ޓެކްސްތަކާއި ފީތަކުގެ ތާވަލް

ޓެކްސް/ފީ

އަދަދު

ޕައިލޮޓްކުރުން

$964.55

އިމްޕޯޓް ޓެކްސް

$0.00

ރޯޔަލްޓީ

$0.00

ޖީއެސްޓީ

$0.00

ބަންކަރު ބާޖުތައް

މެރިން ބެލާ:
ދިގުމިން 94.80 މީޓަރު
ޓަނޭޖް 2608 ޓަނު

މެރިން އެންޖަލް:
ދިގުމިން 69.50 މީޓަރު
ޓަނޭޖް 1999 ޓަނު

އަޅުގަނޑުމެންނާއި ގުޅުއްވާ

އެސްޓީއޯ އެނާރޖީ
ކ. ފުނަދޫ
ފޯނު: 3012574
އީމެއިލް: fuel@sto.mv