hero line artwork

ތެޔޮ ފޯރުކޮށްދިނުން

އެފްއެސްއެމްގެ ބާޖާއި ޓޭންކަރުތަކުގެ ފްލީޓުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ތެޔޮ ފޯރުކޮށްދޭ

ތެޔޮ ފޯރުކޮށްދިނުން

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އަކީ އަޅުގަނޑުމެންގެ ހަކަތައިގެ ވިޔަފާރީގެ ތެރެއިން ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތްދޭ މައިގަނޑު ކުންފުންޏެވެ. އެފްއެސްއެމް އިން އަންނަނީ މުޅި ރާއްޖެއަށް ބޭނުންވާ ތެލުގެ ފުރިހަމަ ހިދުމަތްތަކާއި ލުއިފަސޭހަ ހައްލުތައް ފޯރުކޮށްދެމުންނެވެ.

މިގޮތުން ފޯރުކޮށްދެވޭ އުފެއްދުންތަކާއި ހިދުމަތްތަކުގެ ތެރޭގައި ރިސޯޓުތަކަށާއި، މީހުން ދިރިއުޅޭ ރަށްތަކަށާއި، ސިނާއީ މަސައްކަތްކުރާ ފަރާތްތަކަށް ތެޔޮ (ޕެޓްރޯލް، ޑީސަލް، އަދި ކަރާސީނު) ފޯރުކޮށްދިނުމާއި، ޕެޓްރޯލް ޝެޑްތައް ހިންގުމުގެ އިތުރުން، ރާއްޖެއާއި ރާއްޖޭއިން ބޭރުގެ އުޅަނދުފަހަރަށް ތެޔޮ އެޅުމުގެ (މެރިން ބަންކަރިންގ) ހިދުމަތް ދިނުން ހިމެނެއެވެ.

މީގެ އިތުރުން، އެފްއެސްއެމް ގެ ވަރުގަދަ ޑިސްޓްރިބިއުޝަން ނެޓްވޯކާއި އުޅަނދުފަހަރުގެ އެހީގައި، މުޅި ރާއްޖެއަށް އިތުބާރާއެކު ތެޔޮ ލިބޭނެ މަގު ކަށަވަރުކޮށްދެމުން، ކަނޑުދަތުރުފަތުރުގެ ހާއްސަ ހިދުމަތްތަކާއި ތެލާ ގުޅުންހުރި ކަންކަމުގައި ފަންނީ ލަފާދިނުމުގެ ހިދުމަތްވެސް އެ ކުންފުނިން ފޯރުކޮށްދެއެވެ.

ގުޅުއްވުމަށް

އެފްއެސްއެމް އާ ބެހޭ އިތުރު މައުލޫމާތު ކުންފުނީގެ ވެބްސައިޓުން ލިބޭނެއެވެ.