hero line artwork

އިންޝުއަރެންސް

ސިއްހަތު، ފުރާނަ، މުދާ، ގެދޮރު އަދި ވިޔަފާރި ހިމެނޭހެން، ފަރުދުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ އިންޝުއަރެންސް އަދި ތަކާފުލްގެ ގިނަ އުފެއްދުންތަކެއް

އިންޝުއަރެންސް

އެސްޓީއޯ ގްރޫޕްގައި ހިމެނޭ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް އަކީ، ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ އިތުބާރު ހިފޭ އިންޝުއަރެންސް ޚިދުމަތްދޭ ކުންފުންޏެވެ. އެލައިޑް އިންޝުއަރެންސުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ ސިއްހަތު، ފުރާނަ، އެއްގަމު އުޅަނދު، ދަތުރުފަތުރު، އަދި ކަނޑުދަތުރުފަތުރުގެ އިންޝުއަރެންސް ހިމެނޭހެން، އިންޝުއަރެންސް އަދި ތަކާފުލްގެ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، ރިސޯޓުތަކާއި ގެސްޓްހައުސްތައް ފަދަ ހާއްސަ ދާއިރާތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ޕްލޭންތައް ވެސް އެލައިޑުން ފޯރުކޮށްދެއެވެ. ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެލައިޑުގެ އިސްލާމީ ބްރޭންޑް "އަޔާދީ ތަކާފުލް" މެދުވެރިކޮށް، ޝަރީޢާ ހުއްދަކުރާ އިސްލާމީ އިންޝުއަރެންސްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމުގައި އެލައިޑުން ވަނީ އިސްދައުރެއް އަދާކޮށްފައެވެ. އެލައިޑުގެ ތަފާތު ގިނަ އުފެއްދުންތަކާއި މުޅި ރާއްޖެއަށް ފެތުރިފައިވާ އެޖެންޓް ނެޓްވޯކުގެ އެހީގައި، އެ ކުންފުނިން އަންނަނީ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ މާލީ ރައްކާތެރިކަމާއި ހިތްހަމަޖެހުން ހޯދައިދެމުންނެވެ.

ގުޅުއްވުމަށް

އެލައިޑް އިންޝުއަރެންސް އާ ބެހޭ އިތުރު މައުލޫމާތު ކުންފުނީގެ ވެބްސައިޓުން ލިބޭނެއެވެ.