hero line artwork

ޝިޕިންގ

އެން.ވީ.އޯ.ސީ.ސީ، ފްރެއިޓް ފޯވާޑިންގ، ލައިނަރ، ފީޑަރ، އަދި ޝިޕިންގ އެޖެންސީ ހިމެނޭހެން، ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ފުރިހަމަ ހިދުމަތްތަކެއް

ޝިޕިންގ

އެސްޓީއޯ ގްރޫޕްގެ ދަށުން ހިންގާ ރާއްޖޭގެ އާ ގައުމީ ޝިޕިންގ ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އަކީ ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރާއި ވިޔަފާރީގެ ދާއިރާ އާލާކޮށް ދިރުވުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. ކުންފުނި އުފެދުނީއްސުރެ، އޭޝިއާ އާއި މެދުއިރުމަތީގެ މުހިންމު ބަނދަރުތަކާ ދިވެހިރާއްޖެ ގުޅުވައިދެމުން، ބައިނަލްއަގުވާމީ ފުޅާ ލައިނަރ އަދި ފީޑަރ ޖިދުމަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ. ބަލްކް ކާގޯ އަދި ކޮންޓޭނަރު އުފުލާ އުޅަނދުފަހަރުގެ ފްލީޓެއްގެ އިތުރުން، އެމްއެސްއެސް އިން އަންނަނީ ފްރެއިޓް ފޯވާޑިންގ، އެން.ވީ.އޯ.ސީ.ސީ އޮޕަރޭޝަންތައް، އަދި ޝިޕިންގ އެޖެންސީގެ ހިދުމަތްތައް ހިމެނޭހެން، ލޮޖިސްޓިކްސްގެ ފުރިހަމަ ހައްލުތައް ފޯރުކޮށްދީ، ދިވެހި ވިޔަފާރިތަކަށާއި ކަސްޓަމަރުންނަށް އިތުބާރާއެކު މުދާ އުފުލުމުގެ މަގު ފަހިކޮށްދެމުންނެވެ. އެމްއެސްއެސްގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މުދާ ފޯރުކޮށްދިނުމުގެ ނިޒާމު ބަދަލުކޮށް، ކަނޑުދަތުރުފަތުރުގެ ދާއިރާގައި ދިވެހިންގެ ތާރީހީ ކާމިޔާބީއާއި ފަހުރުވެރި ނަން އަލުން އިޔާދަކުރުމެވެ.

ގުޅުއްވުމަށް

އެމްއެސްއެސް އާ ބެހޭ އިތުރު މައުލޫމާތު ކުންފުނީގެ ވެބްސައިޓުން ލިބޭނެއެވެ.