hero line artwork
އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕވޓ ލޓޑ

އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕވޓ ލޓޑ

EST: 1 November 1984

STO's share: 100%

އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އަކީ އެސްޓީއޯއާއި އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އެޝުއަރެންސް ކޮމްޕެނީ ގުޅިގެން 1985 ގައި އުފެއްދި ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ. ކުންފުނީގެ ކުރީކޮޅުގެ އަހަރުތަކުގައި އެސްޓީއޯއިން ވަނީ ކޮމާޝަލް ޔޫނިއަންގެ ހިއްސާތައް އަނބުރާ ގަނެފައެވެ. އަދި އެއަށްފަހު ކުންފުނި ހިންގަމުން އައީ ދިވެހި މެނޭޖްމަންޓަކާއެކު މުޅިން ދިވެހި ކުންފުންޏެއްގެ ގޮތުގައެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެލައިޑުން ވަނީ ވިޔަފާރީގެ ފުޅާމިނާއި ފައިދާގެ ގޮތުން ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އިންޝުއަރެންސް ކުންފުނީގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ދެމިއޮތުމުގެ ބާރާއި އެކާމިޔާބީގެ ސިއްރަކީ ކުންފުނީގެ ތަޖުރިބާއާއި އީޖާދީ އުފެއްދުންތަކާއި ފުރިހަމަ ހިދުމަތްތަކެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެލައިޑުން ވަނީ ޖެނެރަލް އިންޝުއަރެންސް، އިސްލާމިކް އިންޝުއަރެންސް (ތަކާފުލް) އަދި ލައިފް އިންޝުއަރެންސްގެ ދާއިރާތަކަށް ކާމިޔާބުކަމާއެކު ވިޔަފާރި ފުޅާކޮށްފައެވެ.

އެލައިޑް އިންޝުއަރެންސް ހިންގަނީ ދިވެހި މެނޭޖްމަންޓަކުންނެވެ. އަދި ރާއްޖޭގެ ބާޒާރުގެ ފުން ދިރާސީ މައުލޫމާތާއެކު، ރާއްޖޭގައި ދިމާވެދާނެ އެކި ބާވަތްތަކުގެ ހުރަސްތަކާއި ނުރައްކާތަކަށް ހިދުމަތް ދިނުމަށް ކުންފުނި އޮތީ ފައްކާވެފައެވެ. ރާއްޖޭގެ ގިނަ ކޯޕަރޭޓް ވިޔަފާރިތަކަކީ އެ ކުންފުނީގެ ކްލައިންޓުންނެވެ.

ބައިނަލްއަގުވާމީ ރީއިންޝުއަރެންސް ބާޒާރުގައި، އެލައިޑަށް ދުނިޔޭގެ ކުރިއަރާފައިވާ ރީއިންޝުއަރެންސް ކުންފުނިތަކުގެ އެއްބާރުލުން ލިބެއެވެ. އަދި ދިވެހި ބާޒާރަށް އިތުރަށް ފަންނީ ހިދުމަތެއް ދިނުމަށްޓަކައި އެލައިޑުން މި ކުންފުނިތަކާއެކު ގާތްގުޅުމެއް ބާއްވައިގެން މަސައްކަތް ކުރެއެވެ. އެއީ:

  • ސްވިސް ރީ

  • މިޔުނިކް ރީ

  • ހެނޯވަރ ރީ

  • އެސްސީއޯއާރ ރީ

  • ބާރކްޝާރ ހަދަވޭ

ދިވެހިރާއްޖޭގެ އިންޝުއަރެންސް ބާޒާރަކީ ވަރަށް ހަލުވިކަމާއެކު ބަދަލުވަމުންދާ ބާޒާރެކެވެ. އަދި އެލައިޑުން އަންނަނީ މެދުކެނޑުމެއްނެތި ބާޒާރުގެ އިތުރުވަމުންދާ ބޭނުންތަކަށް ފުރިހަމައަށް އިޖާބަދެމުންނެވެ. ވިޔަފާރީގެ ހަރަކާތްތައް ފުޅާވެ، އަޅުގަނޑުމެންގެ ކަސްޓަމަރުން އާ ދާއިރާތަކަށް ނިކުންނަމުންދާއިރު، އެލައިޑުން އެ ފަރާތްތަކުގެ ހާއްސަ ބޭނުންތަކާ އެކަށޭނަ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދެއެވެ. ވިޔަފާރީގެ ދާއިރާއަށް ބެލުމެއްނެތި، ވަކިވަކި ފަރުދުންނާއި ކުދި ވިޔަފާރިތަކުން ކުރާ އިންވެސްޓްމަންޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެލައިޑުން ހާއްސަ އިސްކަމެއް ދެއެވެ.

ބާޒާރުގެ ލީޑަރުގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ އިންޝުއަރެންސް ބާޒާރު ދުޅަހެޔޮކަމާއެކު ކުރިއެރުވުމުގެ ޒިންމާ އެލައިޑުން އުފުލައެވެ. އަދި މި ސިނާއަތާއި މުޅި ދިވެހި އިގުތިސާދުގެ މަންފާއަށްޓަކައި، ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށާއި ހިދުމަތުގެ އާ މިންގަނޑުތަކެއް ކަނޑައެޅުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި ކުރީގައި އެލައިޑް ދެމިއޮންނާނެއެވެ.

ރަޖިސްޓްރީކޮށްފައިވާ އެޑްރެސް

އެލައިޑް ބިލްޑިންގ، 3 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ 20156، ދިވެހިރާއްޖެ

ޑިރެކްޓަރުންގެ ބޯޑު