

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕލކ
EST: 7 January 2024
STO's share: 12.5%
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒީ) އަކީ އެސްޓީއޯ އާއި ސަރުކާރު ހިއްސާވާ އެހެން ހަތަރު ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ދައުލަތުގެ ވިޔަފާރި ކުންފުންޏެކެވެ. އެމްއައިޑީއެފްޒީގެ އަމާޒަކީ ޓްރާންސްޝިޕްމަންޓް، މެނުފެކްޗަރިންގް، އަދި ރީ-އެކްސްޕޯޓް ކުރުމުގެ ވިޔަފާރިތަކުގެ ތެރެއިން ގައުމީ އިގުތިސާދު ސިންދަފާތު ކުރުމާއި އިގުތިސާދީ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އެމްއައިޑީއެފްޒީން ކުރިއަށްގެންދާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" (އެމްއީޖީ) މަޝްރޫއުގެ ދަށުން ގިނަ ރޭވުންތަކެއް އެކުލެވިގެންވާއިރު، މީގެ ތެރެއިން އެއް ރޭވުމަކީ ގައުމުގެ އެތެރޭގެ ބޭނުންތަކަށްވުރެ އިތުރަށް މުދާ އެތެރެކޮށް، އެ މުދާ އެހެން ގައުމުތަކަށް ރީ-އެކްސްޕޯޓް ކޮށްގެން ދިވެހިރާއްޖެއަށް ބޮޑު އާމްދަނީއެއް ހޯދުމެވެ. މި ސަރަހައްދުގައި އެއްގަމުން ދޭ ބަންކަރިން ހިދުމަތުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އިސް ފިޔަވަޅެއްގެ ގޮތުން، އެމްއައިޑީއެފްޒީން މިހާރު ވަނީ އިހަވަންދިއްޕޮޅު އަތޮޅުން އޯފްޝޯ ބަންކަރިން ހިދުމަތް ދޭން ފަށާފައެވެ.
މި ކުންފުނީގެ މަސައްކަތްތައް ހިންގުމަށް ކަނޑައެޅިފައިވާ އެހެނިހެން ސަރަހައްދުތަކުގެ ތެރޭގައި ތިލަފުއްޓާއި ގިރާވަރު ފަޅު ހިމެނެއެވެ. މީގެ އިތުރުން، ކާބޯތަކެތި އުފެއްދުމާއި އިންވެސްޓްމަންޓްތައް ގެނައުމަށް އުތުރު ތިލަފަޅުން ވެސް ވަނީ ބިން ހަމަޖައްސާފައެވެ.
އެމްއައިޑީއެފްޒީއަކީ އިސްތިރާޖީ އުމްރާނީ ތަރައްގީ އާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ޒަރީއާއިން ދިވެހިރާއްޖޭގެ އިގުތިސާދީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރަޖިސްޓްރީކޮށްފައިވާ އެޑްރެސް
އެސްޓީއޯ ހެޑް އޮފީސް ބިލްޑިންގ، ކަނބާ އައިސަ ރަނި ހިނގުން، މާލެ 20345، ދިވެހިރާއްޖެ