hero line artwork
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕވޓ ލޓޑ

ފިއުލް ސަޕްލައިސް މޯލްޑިވްސް ޕވޓ ލޓޑ

EST: 18 December 2000

STO 99.99% and Allied 0.01%

18 ޑިސެމްބަރު 2000 ގައި އުފެދިގެންދިޔަ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެފްއެސްއެމް) އަކީ، ހާއްސަ ހިދުމަތްތަކުގެ ދާއިރާތަކުން އަމިއްލަ ކުންފުނިތަކާއެކު ޕާޓްނަރޝިޕް އުފެއްދުމަށްޓަކައި ބިނާކުރެވުނު އެސްޓީއޯ ގެ ސަބްސިޑިއަރީއެކެވެ. މީގެ ސަބަބުން، ރާއްޖޭގެ އެންމެ ދިގު ތާރީހެއް އޮތް އެއް ވިޔަފާރި ކުންފުނީގެ ހައިސިއްޔަތުން އެސްޓީއޯ އަށް ލިބިފައިވާ ގިނަ އިލްމާއި ތަޖުރިބާ އަދި ވަސީލަތްތަކުގެ މަންފާ ލިބިގަތުމަށް އަމިއްލަ ފަރާތްތަކަށް ގިނަގުނަ ފުރުސަތުތަކެއް ހުޅުވިގެންދިޔައެވެ.

އެފްއެސްއެމް އުފެއްދުމުގެ އަސްލަކަށްވީ، ތެޔޮ ފޯރުކޮށްދިނުމުގެ ހާއްސަ އަދި އިތުބާރު ބޮޑު ވަރުގަދަ ނިޒާމަކަށް ޖެހިފައިވާ ބޭނުންތެރިކަމެވެ. އެހެންކަމުން، އެ ދުވަސްވަރު ތެޔޮ ފޯރުކޮށްދެމުންދިޔަ ފަރާތްތަކާއެކު ބައިވެރިވުން އުފެއްދުމުގެ ފުރުސަތުތަކަށް އެސްޓީއޯ އިން ބަލަން ފެށިއެވެ. މިގޮތުން، އެފަދަ ގިނަ ފަރާތްތަކަކަށް އެސްޓީއޯ އިން ދައުވަތުދީގެން ކުރިއަށްގެންދިޔަ ސްކްރީނިންގ މަރުހަލާއެއްގެ ތެރެއިން، ވަރަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރޯޔަލް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ހޮވުނެވެ. މި ތިން ފަރާތް އެކުވުމުން، ކަސްޓަމަރުންނަށް ކުރިއަށްވުރެ ހެޔޮ އަގުތަކެއްގައި ހިދުމަތްދެވޭނެ ފަދަ ވަރުގަދަ ޑިސްޓްރިބިއުޝަން ވިއުގައެއް ބިނާކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް ތަސައްވުރު ކުރެވުނެވެ. މީގެ އިތުރުން، މި ބައިވެރިވުމުގެ ސަބަބުން ކުންފުނީގެ މައިގަނޑު މަސައްކަތް ބިނާވެގެންވާ އުޅަނދުފަހަރުގެ ފްލީޓް އިތުރަށް ފުޅާވެގެންދާނެއެވެ.

މި މަޝްރޫއުގެ ސަބަބުން ހިދުމަތްދޭ ފަރާތްތަކުގެ މެދުގައި ރަގަޅު ވާދަވެރިކަމެއް އުފެދި، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ބާރަކަށް ވެގެންދާނެއެވެ. އަދި ދުނިޔޭގެ ފެންވަރުގެ ތަސައްވުރަކާއެކު ކުންފުނިތައް ހިންގުމުގައި އާ މިސްރާބުތަކެއް މިކަމުން ކަނޑައެޅިގެންދާނެއެވެ.

ރަޖިސްޓްރީކޮށްފައިވާ އެޑްރެސް

އެފްއެސްއެމް ބިލްޑިންގ، ބްލޮކް A، 4 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ 20026، ދިވެހިރާއްޖެ

ޑިރެކްޓަރުންގެ ބޯޑު