
4 ފެބްރުއަރީ 2020 ގައި އުފެދުނު މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އަކީ ފުޅާދާއިރާއެއްގައި ބައިނަލްއަގުވާމީ ލައިނަރ ޝިޕިންގ ހިދުމަތް ފޯރުކޮށްދޭ، ޝިޕިންގ އަދި ލޮޖިސްޓިކްސް ދާއިރާގެ އާ ކުންފުންޏެކެވެ. ކުންފުނި އުފެދިގެންއައީ، އިތުބާރު ހުރި ގައުމީ ޝިޕިންގ ލައިނެއް ނެތުމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށާއި އެކި ބާވަތުގެ ވިޔަފާރިތަކަށް ކުރިމަތިވަމުންދިޔަ ދަތިތަކުން އަރައިގަތުމަށާއި، ފަތުރުވެރިކަން ނޫން އެހެން ސިނާއަތަކުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށެވެ. އެމްއެސްއެސް ގެ އަމާޒަކީ، ހަރުދަނާ ހައްލުތަކެއް ފޯރުކޮށްދީގެން ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމެވެ.
އެމްއެސްއެސް އަކީ، ދިވެހި ރައްޔިތުންގެ ހިދުމަތުގައި 60 އަހަރު ކަޑައްތުކޮށްފައިވާ އަދި އެކުންފުންޏެއްގެ ދަށުން ކާމިޔާބު ގިނަ ސަބްސިޑިއަރީ، ޖޮއިންޓް ވެންޗަރ އަދި އެސޯސިއޭޓް ކުންފުނިތަކެއް ހިންގަމުންދާ އެސްޓީއޯގެ ސައްތަ އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.
ރަޖިސްޓްރީކޮށްފައިވާ އެޑްރެސް
އެސްޓީއޯ ހެޑް އޮފީސް ބިލްޑިންގ، ކަނބާ އައިސަ ރަނި ހިނގުން، މާލެ 20345، ދިވެހިރާއްޖެ
