
ކައްކާގޭހުގެ ބާޒާރުގައި މޯލްޑިވް ގޭހުން ދަނީ ރާއްޖޭގެ 100،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ގޭސް ފޯރުކޮށްދެމުންނެވެ. ގޭބިސީތަކަށާއި ސިނާއީ ބޭނުންތަކަށް މޯލްޑިވް ގޭހުން އެލް.ޕީ.ޖީ ފޯރުކޮށްދެނީ 2، 5، 10، 22 އަދި 45 ކިލޯގެ ފުޅީގައެވެ. ގޭހާއި ގުޅުންހުރި ގިނަ އާލާތްތަކެއްވެސް މި ކުންފުނިން ފޯރުކޮށްދެއެވެ. އެލް.ޕީ.ޖީ ގެ އިތުރުން، ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ ތަފާތު ގޭސްތައްވެސް މޯލްޑިވް ގޭހުން ފޯރުކޮށްދެއެވެ. މީގެ ތެރޭގައި "ކަލްޓަން" ބްރޭންޑްގެ ރެފްރިޖަރަންޓް ގޭހާއި، އިންޑަސްޓްރިއަލް އޮކްސިޖަން، އިންޑަސްޓްރިއަލް ނައިޓްރޮޖަން، އެސިޓިލީން، އާގަން، ހީލިއަމް، ކާބަން ޑައިއޮކްސައިޑް އަދި ނައިޓްރަސް އޮކްސައިޑް ހިމެނެއެވެ.
ސިއްހީ ދާއިރާއަށް ބޭނުންވާ މެޑިކަލް ގޭސް ފޯރުކޮށްދޭ ހަމައެކަނި ކުންފުނީގެ ހައިސިއްޔަތުން، މޯލްޑިވް ގޭހުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްތިރާޖީގޮތުން ގާއިމްކުރެވިފައިވާ މެޑިކަލް ސެންޓަރުތަކަށް ބޭނުންވާ ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ފުރިހަމަ ގޮތުގައި ކުރަމުންނެވެ. މި ކުންފުނީގެ އޮކްސިޖަން ޕްލާންޓްތައް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހުރިއިރު، މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ދަނީ ރޭވިގެން ކުރެވެމުންނެވެ.
އަތޮޅުތަކުގައި އެލް.ޕީ.ޖީ އާއި އެހެނިހެން އުފެއްދުންތައް ފޯރުކޮށްދިނުމަށްޓަކައި، މޯލްޑިވް ގޭހުން ވަނީ ހުއްދަދެވިފައިވާ އެޖެންޓުންގެ ބޮޑު ނެޓްވޯކެއް ކާމިޔާބުކަމާއެކު ގާއިމުކޮށްފައެވެ. އަދި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އޮތް މޯލްޑިވް ގޭސް ވެފައިވަނީ އެލް.ޕީ.ޖީ އަދި ސިނާއީ ގޭސް ފޯރުކޮށްދިނުމުގެ ބާޒާރުގައި އިތުބާރު ލިބިފައިވާ ލީޑަރަށެވެ.
ރަޖިސްޓްރީކޮށްފައިވާ އެޑްރެސް
#02-21 އެސްޓީއޯ ޓްރޭޑް ސެންޓަރ، 2 ވަނަ ފަންގިފިލާ، އޯކިޑް މަގު، މާލެ 20188، ދިވެހިރާއްޖެ
