

މޯލްޑިވް ނެޝަނަލް އޮއިލް ކޮމްޕެނީ ލޓޑ
EST: 6 October 2003
STO 99.99% and Allied 0.01%
މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ލިމިޓެޑް (އެމް.އެން.އޯ.ސީ) އަކީ ގައުމީ އިގުތިސާދު ސިންދަފާތު ކުރުމަށާއި، ރާއްޖޭގެ ސަރަހައްދާއި ރާއްޖޭއިން ބޭރުގައި ތެލާއި ގޭސް ހޯދައި އުފެއްދުމުގެ ތެރެއިން ވަޒީފާގެ ފުރުސަތުތަކާއި ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތެލާއި ގޭހުގެ ސިނާއަތް ތަރައްގީކުރުމުގެ މަސްއޫލިއްޔަތު ސީދާ ގޮތެއްގައި އުފުލަނީ އެމް.އެން.އޯ.ސީ އިންނެވެ. މި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތެލާއި، ގުދުރަތީ ގޭހާއި، ހައިޑްރޯކާބަން އަދި އެއާ ގުޅުންހުރި މައުދަންތައް ހޯދުމާއި ޑްރިލްކުރުން ހިމެނެއެވެ. މީގެ އިތުރުން، އިސްވެދެންނެވުނު މާއްދާތަކާއި، އޭގެއިން އުފައްދާ އެހެނިހެން ބާވަތްތައް ނުވަތަ ބައި-ޕްރޮޑަކްޓްސް އުފެއްދުމާއި، ސާފުކުރުމާއި އަދި އުފުލުމުގެ ކަންކަން ބެލެހެއްޓުން ވެސް އެމް.އެން.އޯ.ސީ އާ ވަނީ ހަވާލުކުރެވިފައެވެ.
މި ކުންފުނީގެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި، ރާއްޖޭގައި ތެލާއި ގޭސް ހޯދުމުގެ ތިންވަނަ ބުރު ފެށުމަށްޓަކައި، ބޭރުގެ ތެލާއި ގޭސް ހޯދާ ކުންފުނިތަކާއެކު ސެއިސްމިކް ސާވޭ އެއްބަސްވުންތައް އެކުލަވައިލުން ފަދަ ބޭނުންވާ ތައްޔާރީތައްވުން ހިމެނެއެވެ. އަދި ތެލާއި ގޭހުގެ ދާއިރާއިން ރާއްޖެއިން ބޭރުން ތައުލީމާއި ތަޖުރިބާ ހޯދުމަށް ދިވެހިންނަށް ސްޕޮންސާ ދީގެން، މި ސިނާޢަތުގައި ކުންފުނިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕެޓްކޯ)ގެ ރިފައިނަރީ ސެންޓަރުގައި ސާފުކުރުމާއި ޕްރޮސެސްކުރުމުގެ ބޭނުމަށްޓަކައި، ތެޔޮ އުފައްދާ ގައުމުތަކުން ސާފުނުކުރާ ތެޔޮ ހޯދުމުގައި ވެސް އެމް.އެން.އޯ.ސީ ޝާމިލުވެއެވެ. އެމް.އެން.އޯ.ސީއާއި ސީޕެޓްކޯއާ ދެމެދު ސާފުނުކުރާ ތެޔޮ ސާފުކުރުމާއި ޕްރޮސެސްކުރުމުގެ އެއްބަސްވުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނީ 2003 ވަނަ އަހަރެވެ. މި އެއްބަސްވުމުގައިވާ ގޮތުން، ސާފުކުރެވޭ ޕެޓްރޯލިއަމްގެ އުފެއްދުންތައް ބޭނުންކުރާނީ ރާއްޖޭގެ ބޭނުންތަކަށެވެ.
ރަޖިސްޓްރީކޮށްފައިވާ އެޑްރެސް
އެސްޓީއޯ ހެޑް އޮފީސް ބިލްޑިންގ، ކަނބާ އައިސަ ރަނި ހިނގުން، މާލެ 20345، ދިވެހިރާއްޖެ