

އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯރ) ޕވޓ ލޓޑ
EST: 30 November 1997
STO's share: 100%
އެސްޓީއޯއިން ކުރާ މައިގަނޑު ހުރިހާ ވިޔަފާރިއެއްގައިވެސް ގައުމީ ފެންވަރުގެ ލީޑަރެއްގެ ހައިސިއްޔަތުން، ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ސަރަހައްދީ ފެންވަރަށާއި ބައިނަލްއަގުވާމީ މާކެޓަށް ފުޅާކުރުމުގައި މުހިންމު ދައުރެއް އަދާކުރުމަށް އެ ކުންފުނިން ދަނީ ބަލަމުންނެވެ.
1997 ވަނަ އަހަރުގެ ކުރީކޮޅު، ސިންގަޕޫރުގައި "އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯ) ޕްރައިވެޓް ލިމިޓެޑް" ހުޅުވައިގެން، ބައިނަލްއަގުވާމީ ފެންވަރަށް ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް އެސްޓީއޯ އިން އަމަލީގޮތުން ފެށިއެވެ. އެސްޓީއޯ ގެ ސައްތަ އިންސައްތަ ހިއްސާވާ މި ކުންފުނިން، ދިވެހިރާއްޖޭގެ ބޯޑަރުން ބޭރަށް ނަޒަރު ހިންގައި، އެއް ގައުމަކުން މުދާ ހޯދައިގެން އެހެން ގައުމަކަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތުތައް ހޯދާނެއެވެ. ބައިނަލްއަގުވާމީ ވިޔަފާރީގައި މައި ކުންފުނީގެ ހުރި ތަޖުރިބާއާއެކު، މި ހޯދުންތަކުން ކާމިޔާބީ ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑެވެ. މި ކުންފުނިން، ދިވެހިރާއްޖޭގައި ޖޮއިންޓް ވެންޗަރ ހެދުމަށް އެސްޓީއޯ އާއެކު ބައިވެރިވާން ޝައުގުވެރިވާ ބޭރުގެ އިންވެސްޓަރުންނާ ގުޅުން ވިލަރެސްކުރާ އިދާރާއެއްގެ ދައުރުވެސް އަދާކުރާނެއެވެ.
ދިވެހިރާއްޖެ މިއަދު މިވަނީ ތަރައްގީގެ މަރުހަލާއެއްގައެވެ. ވޭތުވެދިޔަ ދެތިން ދަހަރު ދެމެހެއްޓެނިވި ކުރިއެރުން ލިބެމުން ގޮސްފައިވެއެވެ. މިގޮތުން އުމްރާނީ ތަރައްގީ، ޓެލެކޮމިއުނިކޭޝަން އަދި ދަތުރުފަތުރުގެ ދާއިރާއިން ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅާފައިވެއެވެ. ރައްޔިތުން ދަނީ މީގެ މަންފާ ލިބިގަންނަމުންނެވެ.
މިފަދަ ހަލުވިކަމާއެކު ބަދަލުވަމުންދާ މާހައުލެއްގައި، އެސްޓީއޯ އިން ބަލަމުންދަނީ މުސްތަގުބަލުގައި ގައުމަށް އެންމެ ފުރިހަމައަށް ހިދުމަތް ކުރުމަށްޓަކައި އެ ކުންފުނީގެ ތަޖުރިބާ އާއި ސާބިތުކަމުގެ މައްޗަށް ބިނާކޮށް ކުރިއަށް ދިއުމަށެވެ. ލިބެން ހުރި ފުރުސަތުތަކުގެ އެންމެ އެދެވޭ ބޭނުން ހިފުމަށް ކުންފުނި އޮތީ ތައްޔާރަށެވެ. އަދި ރާއްޖޭއަށް ވިޔަފާރި ފުޅާކުރުމަށް ޝައުގުވެރިވާ ބައިނަލްއަގުވާމީ ވުނޭރުންނަށް އެންމެ އެކަށީގެންވާ ބައިވެރިޔާގެ ގޮތުގައެވެ.
ރަޖިސްޓްރީކޮށްފައިވާ އެޑްރެސް
#39-10، އިންޓަނޭޝަނަލް ޕްލާޒާ، 10 އެންސަން ރޯޑް، ސިންގަޕޫރު 079903