hero line artwork
މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕވޓ ލޓޑ

މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕވޓ ލޓޑ

EST: 23 October 2000

STO 50% and Rainbow Enterprises 50%

މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕވޓ ލޓޑ (އެމްއެސްޕީ) އަކީ އެސްޓީއޯއާއި ރެއިންބޯ އެންޓަޕްރައިސަސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ޓިނާއި، ފުރާޅަށް ބޭނުންވާ އެހެނިހެން ސާމާނު އުފައްދައި، ހެޔޮ އަގެއްގައި ދިވެހި ބާޒާރަށް ފޯރުކޮށްދިނުމެވެ. އުފެއްދުންތަކުގެ ފެންވަރު ދަށްނުކޮށް، ކުރެވޭނެ ހުރިހާ ގޮތަކުން ހަރަދު ކުޑަކުރުމަށް މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރެއެވެ. މިއީ ކަސްޓަމަރުންގެ ހޭދައަށް އެދެވޭ ބަދަލު ހޯދައިދިނުމަށެވެ.

އުފެއްދުންތައް ތައްޔާރުކުރުމަށް ބޭނުންކުރަނީ އޮސްޓްރޭލިއާގެ މަޝްހޫރު "ބްލޫސްކޯޕް ސްޓީލް" އެވެ. މިއީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ދަގަނޑުގެ ބާވަތްތައް ކަމަށްވުމުން، އެމްއެސްޕީން ފޯރުކޮށްދޭ ފުރާޅާ ގުޅޭ ސާމާނަކީ ދުނިޔޭގެ ފެންވަރުގެ އުފެއްދުންތަކެވެ.

މިހާރު އެމްއެސްޕީ އިން މައިގަނޑު ދެ ބާވަތެއްގެ ޓިނު އުފައްދައެވެ. އެއީ އެންމު "ވޭވްޑެކް" އާއި މަގުފުޅާ "ސީޑެކް" އެވެ. މީގެ އިތުރުން، ފުރާޅަށް ބޭނުންވާ ފަދަ ތަފާތު އެކްސެސަރީތައް އެމްއެސްޕީއިން ފޯރުކޮށްދެއެވެ. މިހާރު ރާއްޖޭގެ ބާޒާރުގައި ފުޅާދާއިރާއެއްގައި ވިއްކާ މި ދެ ޑިޒައިނަކީ ފެންވަރު ރަނގަޅު އަދި އަގުހެޔޮ އުފެއްދުންތަކެއްގެ ގޮތުގައި އާންމުން ވަނީ ބަލައިގެންފައެވެ. އެމްއެސްޕީ ގެ ފުރާޅު ބޭނުންކުރުމުގެ ބައެއް ފައިދާތަކުގެ ތެރޭގައި، އޯޑަރު ދިނުމުން އަވަހަށް ލިބުމާއި، ބޭނުންވާ ދިގުމިނަކަށް ކަނޑައިގެން ލިބުން ހިމެނެއެވެ. މީގެ ސަބަބުން ބޭކާރު ގޮތުގައި ޓިނު ފަށަލަތައް ފައްތަރު ކުރަން ނުޖެހި ހަރަދު ކުޑަވެގެންދެއެވެ.

ރަޖިސްޓްރީކޮށްފައިވާ އެޑްރެސް

ގ. މެރިންސްޕައިކް ބިލްޑިންގ، 2 ވަނަ ފަންގިފިލާ، އަލިކިލެގެފާނު މަގު، މާލެ 20117، ދިވެހިރާއްޖެ

ޑިރެކްޓަރުންގެ ބޯޑު