hero line artwork
ރޭސޫޓް މޯލްޑިވްސް ސިމެންޓް ޕވޓ ލޓޑ

ރޭސޫޓް މޯލްޑިވްސް ސިމެންޓް ޕވޓ ލޓޑ

EST: 7 January 2002

STO 25% and Raysut (Oman) 75%

ރާއްޖޭގައި ފަތުރުވެރިކަން ހަލުވިކަމާއެކު ތަރައްގީވަމުން އައުމާއެކު، ބަނދަރުތަކާއި، އެއަރޕޯޓްތަކާއި، ބޯހިޔާވަހިކަމާއި އަދި އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފެށިއެވެ. ރާއްޖެއާއި ބޭރުގެ އިންވެސްޓްމަންޓްތަކާއެކު ފަތުރުވެރިކަމުގެ ސިނާއަތް ދިޔައީ ކުރިއަރަމުންނެވެ. އަދި ހިންގަން ފެށި ބިޔަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގައި ސިމެންތީގެ އަގު އުފުލިގެންދިޔައެވެ. މިއާއެކު، އެސްޓީއޯ އާއި މެރިން ސިމެންޓް ލިމިޓެޑް (ފްރާންސްގެ ލަފާޖް އަދި ޔުނައިޓެޑް ކިންގްޑަމްގެ ބްލޫ ސާކަލް ހިއްސާވާ، ސްވިޒަލޭންޑްގެ ސިމެންތި ކުންފުންޏެއް) ގުޅިގެން "މޯލްޑިވްސް އައިލެންޑް މެރިން ސިމެންޓް" އުފެއްދިއެވެ. 2011 ވަނަ އަހަރު މި ކުންފުނީގެ ނަން "ލަފާޖް މޯލްޑިވްސް ސިމެންޓް" އަށް ބަދަލުކުރެވުނެވެ. އަދި 2020 ވަނަ އަހަރު އޮމާންގެ ރޭސޫޓު ސިމެންޓް ކުންފުނިން މި ކުންފުނީގެ ބޭރުގެ ހުރިހާ ހިއްސާއެއް ގަތުމާ ގުޅިގެން، 12 އޮގަސްޓް 2020 ގައި ކުންފުނީގެ ނަން "ރޭސޫޓު މޯލްޑިވްސް ސިމެންޓް" އަށް ބަދަލުކުރެވުނެވެ.

މާލެއާ އެންމެ 6 ކިލޯމީޓަރު ދުރުގައި އޮންނަ ސިނާއީ ރަށް ތިލަފުށީގައި ހުންނަ މި ކުންފުނީގެ ސައިލޯ ޓާމިނަލަކީ ކަނޑުދަތުރުކުރާ ބޮޑެތި ސިމެންތި ބޯޓުފަހަރުން ސިމެންތި ހުސްކުރުމަށް ގާބިލު ތަނެކެވެ. ދެ ފްލޯޓިން ޕައިޕްލައިން މެދުވެރިކޮށް ތިން ސައިލޯއަށް ސިމެންތި އެޅުމުގެ، މުޅިން ބަންދުކުރެވިފައިވާ މި އޮޕަރޭޝަން ކޮންމެ ކަހަލަ މޫސުމެއްގައި ވެސް ކުރިއަށްދެއެވެ. މިއީ ގަޑިއަކު އެވްރެޖްކޮށް 220 މެޓްރިކް ޓަނުގެ ރޭޓްގައެވެ. މި ޓާމިނަލްގައިވާ، ޖުމްލަ 5400 މެޓްރިކް ޓަނު ރައްކާކުރެވޭ ތިން ސައިލޯ ގުޅިފައިވަނީ ގަޑިއަކު 30-50 މެޓްރިކް ޓަނުގެ ސިމެންތި ބަންދުކުރެވޭ އިން-ލައިން ޕެކިންގް މެޝިނަކާއެވެ. ބަންދުކުރެވިފައިވާ ކޮންވެޔަރ ބެލްޓް ނިޒާމެއްގެ އެހީގައި ސިމެންތި ބަސްތާތައް ބާޖުތަކަށް ބަރުކުރާ ޕްލެޓްފޯމަށް ގެންދެވެއެވެ. އެތަނުން، މުޅި ރާއްޖެއަށް ސިމެންތި އުފުލުމަށްޓަކައި އެކި ސައިޒުގެ އަމިއްލަ ބާޖުތަކާއި ދޯނިފަހަރަށް ސިމެންތި ބަރުކުރެވެއެވެ.

މި ޕްލާންޓަކީ އެއްގަމު ދަތުރުފަތުރުގެ ޒަރީއާއިން ސިމެންތި ބަސްތާތަކާއި ޖަންބޯ ބޭގްތައް ލޮރީތަކަށް ބަރުކުރުމުގެ ގާބިލުކަން ވެސް ލިބިގެންވާ ތަނެކެވެ. ޓާމިނަލްގެ އުމްރާނީ ވަސީލަތްތަކުގެ ތެރޭގައި ކްރޭންތަކާއި، އަމިއްލަ އިންޖީނުގެއާއި، ތެލާއި ފެން ރައްކާކުރާ ތަންތަނާއި، މަސައްކަތްކުރާ އަދި މަރާމާތުކުރާ މަރުކަޒުތަކާއި، ހުސް ބަސްތާ އަދި ސްޕެއާ ޕާޓްސް ގުދަންތަކުގެ އިތުރުން އޮފީހާއި މުވައްޒަފުންގެ އެކޮމޮޑޭޝަން ހިމެނެއެވެ.

އަތޮޅުތަކުގެ ތެރެއިން 5 އަތޮޅަކަށް ސިމެންތި ފޯރުކޮށްދެނީ ކުންފުނީގެ ބައިވެރިޔާގެ އިތުރުން މައި ސޭލްސް އެޖެންޓް އެސްޓީއޯ އިންނެވެ. ބާކީ ހުރި އަތޮޅުތަކަށް ވެސް ހަމަ މިފަދަ ފަސޭހަކަމާއި ހެޔޮ އަގެއްގައި ސިމެންތި ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެ އަތޮޅުތަކަށް ވަނީ ޑިސްޓްރިބިއުޓަރުން އައްޔަންކުރެވިފައެވެ.

މި ކުންފުނިން ވަނީ ދިވެހި ސިމެންތި ބާޒާރަށް އާ އުފެއްދުންތައް ތައާރަފުކޮށްފައެވެ. މީގެ ތެރެއިން ފުރަތަމަ އުފެއްދުމަކީ ބޮޑެތި މަޝްރޫއުތައް ހިންގާ ކޮންޓްރެކްޓަރުންގެ މެދުގައި މަގުބޫލުވެފައިވާ 1000 ކިލޯގެ ޖަންބޯ ބޭގެވެ. އަދި ދުރު ރަށްރަށަށް ސިމެންތި ގެންދާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން، ގިނައިން އުފުލައި ގެންގުޅެން ފަސޭހަވާނެ 25 ކިލޯގެ ބަސްތާވެސް ވަނީ ތައާރަފު ކުރެވިފައެވެ.

ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގައި މި ބްރޭންޑް ގިނަބަޔަކު ބަލައިގަނެ، ކާމިޔާބުކަމާއެކު ފެތުރިގެންދިއުމުގެ ސަބަބުން ބާޒާރުގެ ބޮޑު ހިއްސާއެއް ވަނީ ހޯދާފައެވެ. މި ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުރަތަމަ ISO 9001:2000 ސެޓްފިކެޓް ހާސިލުކުރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

ރަޖިސްޓްރީކޮށްފައިވާ އެޑްރެސް

ފާމުދޭރިގެ، 2 ވަނަ ފަންގިފިލާ 2A، މާލެ 20209، ދިވެހިރާއްޖެ

ޑިރެކްޓަރުންގެ ބޯޑު