hero line artwork

ވުނޭރުންނާ ގުޅޭ

ހިއްސާދާރުންގެ އާންމު ސުވާލާއި ޖަވާބު

ހިއްސާދާރުންގެ އާންމު ސުވާލާއި ޖަވާބު

01އެސްޓީއޯގެ ހިއްސާދާރުންނަކީ ކޮބާ؟

ކުންފުނީގެ 81.37 އިންސައްތަ ހިއްސާ ނުވަތަ 919,869 ހިއްސާ އޮންނަނީ ދިވެހި ސަރުކާރުގެ އަތުގައެވެ. އަދި އާންމު ފަރާތްތަކުގެ އަތުގައި އޮންނަނީ 18.63 އިންސައްތަ ހިއްސާ ނުވަތަ 207,041 ހިއްސާއެވެ.

ސަރުކާރު ފިޔަވައި، ކުންފުނީގެ ރައުސްމާލުގެ 5 އިންސައްތައަށްވުރެ އިތުރަށް ހިއްސާ އޮންނަ އެއްވެސް ވަކި ފަރުދެއް

02ވިޔަފާރި ހިންގާ ދާއިރާތަކަކީ ކޮބާ؟

އެސްޓީއޯ އަކީ ތެޔޮ، އިމާރާތްކުރުމަށް ބޭނުންވާ ސާމާނު، ސުޕަމާކެޓް އުފެއްދުންތައް، ގޭތެރޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު، ކާޑުގެ ބާވަތްތައް، އަދި މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދޭ ވިޔަފާރި ކުންފުންޏެކެވެ.

އެސްޓީއޯ އާއި އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ އޮންނަ ސަބްސިޑިއަރީ ކުންފުނިތައް ހިމެނޭހެން އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީސް އުފެދިފައިވާއިރު، މި ގްރޫޕުގެ ވިޔަފާރިތަކުގެ ތެރޭގައި އިންޝުއަރެންސްގެ ހިދުމަތް، ގޭހުގެ ހިދުމަތް (ކައްކާ ގޭހާއި ސިނާއީ އަދި ސިއްހީ ދާއިރާއަށް ބޭނުންވާ ގޭސް)، ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް، މުދާ އުފުލުމާއި ކަނޑުދަތުރުފަތުރުގެ ހިދުމަތް، ފުރާޅު ހެދުމަށް ބޭނުންވާ ސާމާނާއި ޓިނު އެފައްދައި ވިޔަފާރިކުރުން ހިމެނެއެވެ.

03އެސްޓީއޯ އުފެދުނީ ކޮން އަހަރަކު، ކޮން ތަނެއްގައި؟

އެސްޓީއޯ އުފެދުނީ 20 ޑިސެމްބަރު 1964 ގައި ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި "އަތިރީމާފަންނު ޓްރޭޑިންގ އެކައުންޓް" ގެ ނަމުގައެވެ. އަދި 9 ޖޫން 1979 ގައި "ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން" ގެ ނަމަށް ބަދަލުކުރެވުނެވެ. އެސްޓީއޯ އާންމުކޮށް ހިއްސާ ވިއްކާ ކުންފުންޏަކަށް (ޕަބްލިކް ލިސްޓެޑް ކޮމްޕެނީ) ބަދަލުވީ 2001 ވަނަ އަހަރުއެވެ.

04އެސްޓީއޯގެ ގާނޫނީ ހައިސިއްޔަތަކީ ކޮބާ؟

އެސްޓީއޯ އަކީ ހިއްސާ ބާޒާރުގައި ލިސްޓުކޮށްފައިވާ، ޒިންމާ އުފުލަންޖެހޭ މިންވަރު ކަނޑައެޅިފައިވާ (ލިމިޓެޑް ލައިބިލިޓީ) ކުންފުންޏެކެވެ.

05އެސްޓީއޯ ގްރޫޕްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަކީ ކޮބާ؟

އެސްޓީއޯ އާއި އެ ކުންފުނީގެ ސަބްސިޑިއަރީތަކުގައި 4,000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ.

06އެސްޓީއޯ ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަކީ ކޮބާ؟

އެސްޓީއޯ ހެޑް އޮފީސް
ކަނބާއައިސާ ރަނި ހިނގުން، މާފަންނު
މާލެ 20345
ދިވެހިރާއްޖެ
ފޯން: 3344333 (960)
ވެބްސައިޓް: sto.mv

07އެސްޓީއޯގެ މާލީ އަހަރު ނިމެނީ ކޮން އިރަކު؟

ކޮންމެ އަހަރެއްގެ 31 ޑިސެމްބަރުގައި.

08އެސްޓީއޯ ލިސްޓުކޮށްފައިވަނީ ކޮން ސްޓޮކް އެކްސްޗޭންޖެއްގައި؟

09އެސްޓީއޯގެ މާލީ ނަތީޖާތަކާ ބެހޭ މައުލޫމާތު ލިބޭނީ ކޮންތަނަކުން؟

ކޮންމެ ކުއާޓަރެއްގެ މާލީ ބަޔާންތަކާއި އަހަރީ ރިޕޯޓުތައް މި ވެބްސައިޓް އިން ލިބޭނެއެވެ.

10އަހަރީ އާންމު ޖަލްސާ ބާއްވަނީ ކޮން އިރަކު؟

ކޮންމެ އަހަރެއްގެ މޭ މަހުގެ 30 ވަނަ ދުވަހުގެ ކުރިން.

11އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ލިބިގެންވާ ވޯޓުލުމުގެ ހައްގުތަކަކީ ކޮބައި ހެއްޔެވެ؟

އަހަރީ އާންމު ޖަލްސާއެއްގައި ނުވަތަ ހާއްސަގޮތުން ބޭއްވޭ އާންމު ޖަލްސާއެއްގައި ނިންމާ ކޮންމެ ނިންމުމެއް ނިންމަންވާނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ކުންފުނީގެ ހުރިހާ ބައްދަލުވުންތަކެއްގައި ވެސް ވޯޓުލުން ކުރިއަށްދާނީ އަތް އުފުލައިގެންނެވެ. މިގޮތަށް ވޯޓުލާއިރު ކޮންމެ މެންބަރަކަށް ލިބިގެންވަނީ 1 (އެކެއް) ވޯޓެވެ. ނަމަވެސް، ކުންފުނީގެ ހިއްސާގެ މަދުވެގެން %10 ތަމްސީލުކުރާ މެންބަރުން އެދިއްޖެ ހާލަތެއްގައި، "ޕޯލް" އުސޫލުން (ހިއްސާގެ ނިސްބަތުން) ވޯޓުލުން ކުރިއަށް ގެންދެވިދާނެއެވެ. މި ހާލަތުގައި ކޮންމެ މެންބަރަކަށްމެ، އެ މެންބަރަކު ހިއްސާކުރާ ކޮންމެ ހިއްސާއަކަށް ވޯޓެއް ދިނުމުގެ ހައްގު ލިބިގެންވެއެވެ.

އަހަރީ އާންމު ޖަލްސާ ނުވަތަ ހާއްސަގޮތުން ބޭއްވޭ އާންމު ޖަލްސާއެއްގައި ދެވޭ ކޮންމެ ވޯޓެއްގެ ސައްހަކަމާއި، ވޯޓުގެ ނަތީޖާއާ މެދު ގޮތް ނިންމާނެ އެންމެ ފަހުގެ ފަރާތަކީ ޖަލްސާގެ ރިޔާސަތެވެ.

ކުންފުނީގެ އަހަރީ އާންމު ޖަލްސާއެއްގައި ނުވަތަ ހާއްސަގޮތުން ބޭއްވޭ އާންމު ޖަލްސާއެއްގައި ވޯޓު އެއްވަރުވެއްޖެ ހާލަތެއްގައި، ޖަލްސާގެ ރިޔާސަތަށް، މެންބަރެއްގެ ހައިސިއްޔަތުން ލިބިގެންވާ ވޯޓުގެ އިތުރުން، ނަތީޖާ ނިންމުމުގެ ވޯޓެއް (ކާސްޓިންގް ވޯޓު) ދިނުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

12އެސްޓީއޯ އިން އާންމުންނަށް ހިއްސާ ވިއްކަން ހުށަހެޅި އަހަރުތަކާއި އަގުތަކަކީ ކޮބާ؟

އިޝޫކުރި ތާރީހު

ވިއްކަން ހުށަހެޅި ޖުމްލަ ހިއްސާ

އިޝޫކުރި އަގު

ވިކުނު ހިއްސާގެ އަދަދު

ލިބުނު ފޯމުގެ އަދަދު

ސަރުކާރުގެ ހިއްސާ

އާންމުންގެ ހިއްސާ

 އާންމުން %

2001: 15 އޮގަސްޓުން 30 ސެޕްޓެންބަރަށް

111,555

300 ރުފިޔާ

26,040

1,046

1,040,000

26,040

2.44

2003: ސެޕްޓެންބަރު 1 ން 30 ށް

50,000

400 ރުފިޔާ

60,870

1,240

1,040,000

86,910

7.71

2009: 25 ނޮވެންބަރުން 15 އޭޕްރިލް 2010 ށް

138,472

400 ރުފިޔާ

113,012

1,154

926,988

199,922

17.74

ސަރުކާރުން ޕްރޮވިޑެންޓް ފަންޑަށް ދޫކުރި ހިއްސާ

400 ރުފިޔާ

7,119

204

919,869

207,041

18.37

13އެސްޓީއޯއިން ހިއްސާގެ ފައިދާގެ ގޮތުގައި މިހާތަނަށް ބަހާފައިވަނީ ހިއްސާއަކަށް ކިހާވަރެއް؟

އަހަރު

ހިއްސާއަކަށް ޖެހުނު ފައިދާ (ރުފިޔާ)

އަހަރު

ހިއްސާއަކަށް ޖެހުނު ފައިދާ (ރުފިޔާ)

2002

118

2014

76

2003

110

2015

57

2004

70

2016

51

2005

55

2017

55

2006

82

2018

58

2007

70

2019

58

2008

65

2020

60

2009

68

2021

65

2010

68

2022

77

2011

72

2023

80

2012

75

2024

80

2013

24

2025

85

14ހިއްސާގެ ފައިދާ އިއުލާން ކުރަނީ ކޮން އިރަކު؟

އަހަރީ އާންމު ޖަލްސާގައެވެ.

15ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމުގެ ސިޔާސަތަކީ ކޮބައި ހެއްޔެވެ؟

އެ ސިޔާސަތު މި ލިންކުން ފެންނަން ހުންނާނެއެވެ.

16މިހާރު ހިއްސާގެ އަގަކީ ކޮބައި ހެއްޔެވެ؟

އެސްޓީއޯގެ ހިއްސާ އެންމެފަހުން މުއާމަލާތުކުރެވުނު އަގު، އެމްއެސްއީ އިންސައިޓްސް މެދުވެރިކޮށް މި ވެބްސައިޓްގެ ހޯމްޕޭޖުން ފެންނަން ހުންނާނެއެވެ.