hero line artwork
ހަބަރު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ބޯޑަށް އާ ޑިރެކްޓަރަކު ޕީސީބީ އިން އައްޔަންކޮށްފި

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ކ.މާލެ، ގ.މާކަޅި، އަލްފާޟިލް އަޙްމަދު އިމްދާޙް މުޙައްމަދު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އައްޔަންކޮށްފި

News: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ބޯޑަށް އާ ޑިރެކްޓަރަކު ޕީސީބީ އިން އައްޔަންކޮށްފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޑިރެކްޓަރެއްގެ މަޤާމަށް ގ. މާކަޅި، އަލްފާޟިލް އަޙްމަދު ޢިމްދާޙް މުޙައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ.

އަލްފާޟިލް އަޙްމަދު ޢިމްދާޙް މުޙައްމަދަކީ ރެޖިސްޓަރޑް ކުއަންޓިޓީ ސަރވެޔަރެއްގެ އިތުރުން، ކޯރ ކޮންސްޓްރަކްޝަން ޕވޓ ލޓޑ ގެ މެނޭޖިންގ ޑިރެކްޓަރެވެ. އެ ކުންފުނީގައި އެބޭފުޅާ އަންނަނީ އިމާރާތްކުރުމާއި ޑިޒައިންކުރުމުގެ މަޝްރޫއުތައް އިސްވެ ބަލަހައްޓަވަމުންނެވެ. އަޙްމަދު ޢިމްދާޙް މުޙައްމަދު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) އިން ބެޗްލަރ އޮފް ކުއަންޓިޓީ ސަރވެއިންގ (އޮނަރސް) ހާސިލުކުރައްވައި، އޯޕަން ޔުނިވަރސިޓީ މެލޭޝިޔާއިން ޑިސްޓިންކްޝަނާއެކު އެމްބީއޭ ހާސިލުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ދެދަހަރާ ގާތްކުރާ މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އިރު، އޭގެ ތެރެއިން 15 އަހަރު ޓެކްޓަން ޑިޒައިން އެސޯސިއޭޓްސްގެ ޑިރެކްޓަރުގެ މަގާމު އިމްދާޙް ވަނީ އަދާކުރައްވާފައެވެ. މި މުއްދަތުގެ ތެރޭގައި ރިޒޯޓުތަކާއި، ހައުސިންގ މަޝްރޫއުތަކާއި، މިކްސްޑް-ޔޫސް އިމާރާތްތަކުގެ އިތުރުން ގެސްޓްހައުސްތަކުގެ ކޮސްޓް ކޮންސަލްޓެންސީއާއި، ޓެންޑަރިންގ އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ ހިދުމަތްތައް ވަނީ ފޯރުކޮށްދެއްވާފައެވެ. ޢިމްދާޙަކީ ހަރަދު ކުޑަކުރުމާއި ޕްލޭންކުރުމުގެ ހުނަރުގެ އިތުރުން، މަޝްރޫއުތަކުގެ ޓީމުތައް އަމަލީގޮތުން ހަރުދަނާކަމާއެކު ނެރުއްވައި އިސްނަންގަވައިގެން ލީޑުކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ.